އައްޑޫ ސިޓީ ހިތަދޫ ކްލަސްޓާ އާއި ގުޅުންހުރި، ގދ. ކާޑެއްދޫ އެއާޕޯޓްގައި މަސައްކަތްކުރާ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވެ އަނެއްކާވެސް ގދ. އަތޮޅަށް ކޮވިޑްގެ ނުރައްކާ ކުރިމަތިވެދާނެ ކަމުގެ ބިރު ހީވެއްޖެއެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން ތިނަދޫ ކައުންސިލްގެ މެންބަރު އިބްރާހިމް އަސްއަދު ވިދާޅުވީ ޕޮޒިޓިވް ވެފައިވަނީ އައްޑޫ ސިޓީގައި އޮތް ޓްރޭނިން އަކަށް ދިޔަ މީހެއް ކަމަށެވެ.
ތިނަދޫ، ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ރޭ ދަންވަރު ބުނެފައިވާގޮތުގައި އައްޑޫ ސިޓީއިން ކޮވިޑް-19ައަށް ފައްސިވި ފަރާތަކާ ޑައިރެކްޓް ކޮންޓެކްޓްވި ފަރާތެއް، ގދ ތިނަދޫއިން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ޕޮޒިޓިވް ވެފައިވަނީ ގދ. ކާނޑެއްދޫ އެއާޕޯޓްގައި މަސައްކަތްކުރާ މުވައްޒަފެކެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ތިނަދޫ ކޮވިޑް ފޯކަލް ޕޮއިންޓް ޝަހުޒާ ހުސެއިން ވިދާޅުވީ މިހާރު ކުރިއަށްދަނީ ކޮންޓެކްޓް ޓްރޭސިން ކަމަށެވެ. ޕޮޒިޓިވް ވި މީހާ މިހާރު ހުރީ ކަރަންޓީނުގައި ކަމަށެވެ. އަދި މިހާތަނަށް ދެނެގަނެވުނު ކޮންޓެކްޓްސްވެސް ކަރަންޓީން ވުމަށް އަންގަމުން އަންނަ ކަމަށެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އައްޑޫ ސިޓީގައި އޮތް ޓްރޭނިންގައި ބައިވެރިވުމަށްފަހު ޕޮޒިޓިވް ވެފައިވާ މި މުވައްޒަފު ޑިއުޓީއަށް ނިކުތެވެ. އެހެންކަމުން އެ މުވައްޒަފާއި، އަތޮޅުގެ އެކި ރަށްރަށަށް ދަތުރުކުރި ފަރާތްތަކާ ދިމާވެފައި ހުރުން އެކަށީގެންވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް