ޓީވީ ޑްރާމާ ސިލްސިލާތަކުން އާންމުންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ނަކުލް މެހެތާ އަށް ދަރިއަކު ލިބިއްޖެ އެވެ.
ނަކުލް އާއި އަންހެނުން ޖަންކީ ޕަރޭހް އަށް އަލަތު ދަރިފުޅު ލިބުނީ މިމަހުގެ ތިން ވަނަ ދުވަހު އެވެ. އެކަން ނަކުލްގެ އިންސްޓްގަރާމް ޕޭޖުގައި ހާމަކުރީ ރޭގެ ވަގުތެއްގައި އެވެ.
އެ ދެމަފިރިންނަށް ލިބިފައިވަނީ ފިރިހެން ކުއްޖެކެވެ. އާއިލާއަށް އުފަލާއި ހިތްހަމަ ޖެހުން ލިބިފައިވާކަން ހާމަކޮށް ނަކުލް ވަނީ ދެމަފިރިންނާއި ކުއްޖާގެ އަތުގެ އިނގިލިތަކުގެ ފޮޓޯއެއް ލާފައެވެ.
ނަކުލް އާއި ޖާންކީ ކައިވެނި ކޮށްފައިވަނީ 2012 ވަނަ އަހަރުގެ ޖެނުއަރީ ގައި އެވެ. ޖާންކީ އަކީވެސް ބައެއް ޑްރާމާ ސިލްސިލާތަކުން ފެނިފައިވާ ތަރި އެކެވެ.
ނަކުލް އެންމެ ފުރަތަމަ ފެނިގެން ދިޔައީ ސްޓާ ޕްލަސްއިން ދެއްކި "ޕިޔާރު ކާ ދަރްދްހޭ މީޓާ މީޓާ ޕިޔާރާ ޕިޔާރާ" އިންނެވެ. އެ ސިލްސިލާގެ ކާމިޔާބަށް ފަހު ނަކުލް ވަރަށް ބޮޑަށް މަޝްހޫރުވެގެން ދިޔަ އެވެ.
އަދި އޭގެ ފަހުން އޭނާ ފެނުނު ސްޓާ ޕްލަސްގެ ސިލްސިލާ "އިޝްކް ބާޒް" ވެސް ވެގެން ގޮސްފައިވަނީ ހަމަ އެހާ މަޝްހޫރު ސިލްސިލާ އަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް