އައްޑޫސިޓީ ހިތަދޫ ކްލަސްޓާ: ހަތަރުވަނަ މީހަކު ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީ ހިތަދޫން ޕޮޒިޓިވް ވި ދެމީހުންނާ ގުޅުންހުރި އިތުރު މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. އައްޑޫލައިވްގައި ރިޕޯޓްކޮށްފައިވާގޮތުގައި ހަތަރުވަނައަށް ޕޮޒިޓިވް ވެފައިވަނީ އަންހެނެކެވެ. މި ކްލަސްޓ...

07 Feb 2021 | 01:34

އައްޑޫ ސިޓީ ހިތަދޫން ޕޮޒިޓިވް ވި ދެމީހުންނާ ގުޅުންހުރި އިތުރު މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

އައްޑޫލައިވްގައި ރިޕޯޓްކޮށްފައިވާގޮތުގައި ހަތަރުވަނައަށް ޕޮޒިޓިވް ވެފައިވަނީ އަންހެނެކެވެ.

މި ކްލަސްޓާގެ ޕޮޒިޓިވް ވި ކޭސްތަކުގެ އަދަދު މިހާރު ހަތަރަކަށް އަރާފައިވާއިރު އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު، ބައެއް މީޑިއާތަކަށް މައުލޫމާތުދެމުން ބުނެފައިވަނީ ހިތަދޫން ފުރަތަމަ ޕޮޒިޓިވް ވި ދެމީހުންނަކީ ސަރުކާރު ހާއްސަ ހުއްދައިގެ ދަށުން، އޭވިއޭޝަން ކޮމާންޑްގެ ޓްރޭނިން އަކަށް މާލެއިން އައްޑޫސިޓީއަށް ދިޔަ ބަޔަކާ ކޮންޓެކްޓްވި ދެމީހުން ކަމަށެވެ.

މިކަމާއި ގުޅިގެން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ރޭގައި ބަޔާނެއް ނެރެފައިވާއިރު އެ ބާޔާނުގައި ބުނެފައިވަނީ އައްޑޫ ސިޓީގައި އޮތް ޓްރޭނިން އަކަށް އެ ކޮމާންޑްގެ ދެ މުވައްޒަފަކު ގޮސްފައިވާނީ އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ނެގަޓިވް ޕީސީއާރު ރިޒަލްޓް ލިބިގެން ކަމަށެވެ.

އައްޑޫ ސިޓީގެ މި ކްލަސްޓާއާއި ގުޅުންހުރި ޕޮޒިޓިވް ހަތަރު ކޭސްއެއް މިހާތަނަށް ފެނިފައިވާއިރު އެ ރަށް މިހާރު އޮތީ މޮނީޓަރިން ހާލަތުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް