ކައިވެނި ޕާޓީ އާއި ގުޅުން ހުރި ޕޮސިޓިވް ކޭސްތަކުގެ އަދަދު 97 އަށް

ޝީ ބިލްޑިންގައި ބޭއްވި ކައިވެނި ޕާޓީއާއި ގުޅުން ހުރި 97 މީހަކު ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވާ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ. މި ކައިވެނި ޕާޓީ ބާއްވާފައިވަނީ މިދިޔަ މަހުގެ...

07 Jan 2021 | 18:17

ޝީ ބިލްޑިންގައި ބޭއްވި ކައިވެނި ޕާޓީއާއި ގުޅުން ހުރި 97 މީހަކު ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވާ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

މި ކައިވެނި ޕާޓީ ބާއްވާފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ. އެ ޕާޓީގައި 120 މީހުން ބައިވެރިވެފައި އެވެ.

އެޗްއީއޯސީން ބުނީ ޕާޓީގައި ބައިވެރިވި މީހުންގެ ތެރެއިން ޕޮސިޓިވްވެފައިވަނީ 67 މީހުން ކަމަށެވެ. އަނެއް 27 މީހުންގެ ތެރޭގައި ހިމެނެނީ ޕޮސިޓިވްވި މީހުންގެ އާއިލާތަކުގެ މީހުންނާއި ޕާޓީގެ މަސައްކަތްތަކުގައި އުޅުނު ދެ މީހަކު ކަމަށެވެ.

މި ކްލަސްޓާ އާއި ގުޅުން ހުރި ތިން މީހަކު މިއަދުވެސް ޕޮސިޓިވްވެފައިވެވެ. އެހެންކަމުން ކުރިޔަށް އޮތް ދުވަސްތަކުގައިވެސް ކައިވެނި ޕާޓީ އާއި ގުޅުން ހުރި މީހުން ޕޮސިޓިވްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ލަފާކުރެއެވެ.

ޕޮސިިޓިވް ކޭސްތަކާއި ގުޅުން ހުރި މީހުންގެ ގޮތުގައި 287 މީހުން ފާހަގަ ކުރެވިފައެބަތިއްބެވެ.

މިފަދަ ހަފްލާތައް ބާއްވާއިރު އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަށް ސަމާލުކަން ދޭން އެ އިދާރާ އިން ވަނީ އެދިފަ އެވެ.

އެގޮތުން، ބަލީގެ އަލާމާތްތައް ހުރި މީހުން މިފަދަ ހަފްލާތަކަށް ނުދިއުމަށާއި ޕާޓީ އަށް ދާއިރު މާސްކްއެޅުމަށާއި ގައިދުރުކަން ބެހެއްޓުމަށާއި ހަފްލާ އޮންނަ ތަނުގައި ރަނގަޅަށް ވައި ދައުރުވާ ގޮތަށް ބެހެއްޓުމަށާއި، ކާތަކެތި ސާވް ކުރުމާއި ކެއުމުގައި ވެސް ގައިޑްލައިންގައިވާ ގޮތަށް އިންތިޒާމު ހަމަޖައްސަން ވަނީ އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް