ބަޔަކު ޕޮސިޓިވްވެ ދެއްވަދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފި

ގއ. ދެއްވަދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ. ހެލްތް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ ހޯމް ކަރަންޓީންގައި ތިބި...

07 Jan 2021 | 17:59

ގއ. ދެއްވަދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

ހެލްތް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ ހޯމް ކަރަންޓީންގައި ތިބި ބަޔަކު ޕޮސިޓިވްވެގެން ކަމަށެވެ. މިހާތަނަށް އެ ރަށުން ހަތް މީހަކު ޕޮސިޓިވްވެފައިވެ އެވެ.

މިދިޔަ މަހުގެ 24 ވަނަ ދުވަހު ފުރަތަމަ ޕޮސިޓިވްވެފައިވަނީ ހޯމް ކަރަންޓީން ނިންމި ހަތަރު މަހުގެ ކުޑަކުއްޖެކެވެ. ޑރ. ނަޒްލާ ވިދާޅުވީ ބަލި ފެތުރެން ދިމާވި ސަބަބަކީ މުއާމަލާތް ކުރުމުގައި ދިމާވި މައްސަލައަކުން ކަރަންޓީންގައި ތިބި މީހުން ދޫކޮށްލާފައިވާ ކަމަށް އެންގުމުން ވީ ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ އެ ކުއްޖާ ޕޮސިޓިވްކަން އެނގިގެން އެކަން އެންގި އިރު އެމީހުންނާއި އިތުރު ބަޔަކު ބައްދަލުވެފައިވާ ކަމަށެވެ. ޕޮސިޓިވްވި އަނެއް ހަ މީހުންނަކީ އެ ކުއްޖާ އާއި ބައްދަލުވެ އުރައި ހެދި މީހުން ކަމަށް ވިދާޅުވި އެވެ.

މި ކޭސްތަކާއި ގުޅުންހުރި މީހުން ދެނެގަތުމުގެ މަސައްކަތް އެ ރަށުގައި ކުރިޔަށްދާ ކަމަށް ވިދާޅުވި އެވެ.

ކޯވިޑް-19 އަށް މިވަގުތު އަތޮޅު ތެރޭގައި 40 އެކްޓިވް ކޭސް އެބަހުރި ކަމަށް އެޗްއީއޯސީން ބުނެ އެވެ. އަދި މިހާތަނަށް އަތޮޅުތެރެއަށް ހޯމް ކަރަންޓީނަށް ދިޔަ މީހުންގެ ތެރެއިން ޕޮސިޓިވްވެފައިވަނީ 500 އެއްހާ މީހުން ކަމަށް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް