ކޯވިޑް-19 އަށް މިއަދު ޕޮސިޓިވްވީ 21 މީހުން ކަމަށް ހެލްތް ޕރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ބުނެފި އެވެ.
މިއަދު ޕޮސިޓިވްވެފައިވަނީ މާލޭއިން 17 މީހުންނެވެ. ދެން ޕޮސިޓިވްވެފައިވަނީ ރިސޯޓުތަކުން ދެ މީހުންނާއި މީހުން ދިރިއުޅޭ ރަށްރަށުން ދެ މީހެކެވެ.
މިއަދު ކޯވިޑަށް ޓެސްޓުކޮށްފައިވަނީ 2،715 ސާމްޕަލެވެ.
މިވަގުތު ކޯވިޑް-19 އަށް ފަރުވާ ދެމުން ދަނީ 694 މީހުންނަށެވެ. އޭގެ ތެރެއިން 44 މީހަކަށް ހޮސްޕިޓަލްގައި އެޑްމިތްކޮށްގެން ފަރުވާ ދެމުން ދާއިރު ތިން މީހުންނަށް ފަރުވާ ދެމުން ދަނީ އައިސީޔޫގައި އެވެ.
ކޯވިޑް ޖެހުނު މީހުންގެ ތެރެއިން 13،238 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ. މި ބަލީގައި މަރުވެފައިވަނީ 49 މީހުންނެވެ.
މިހާތަނަށްރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވި އަދަދު މިއަދު ވަނީ 13،988 މީހުންނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް