މީރާ ރާޖްޕުތްގެ ފޭސް މާސްކް ތައްޔާރުކުރަނީ ކާކުކަން އެނގޭތަ

ބޮލީވުޑްގެ މަޝްހޫރު އެކްޓަރ ޝާހިދް ކަޕޫރ ގެ އަންހެނުން މީރާ ރާޖްޕުތް އޭނާގެ ފޭސް މާސްކް ތައްޔާރުކުރަނީ އަމިއްލައަށެވެ. މީރާ ބުނާގޮތުގައި އޭނާގެ ހަންގަނޑުގެ އިތުރުން އިސްތަށިގަނޑުގެ ރީތިކަމުގެ އަސްލަކީ...

07 Jan 2021 | 16:09

ބޮލީވުޑްގެ މަޝްހޫރު އެކްޓަރ ޝާހިދް ކަޕޫރ ގެ އަންހެނުން މީރާ ރާޖްޕުތް އޭނާގެ ފޭސް މާސްކް ތައްޔާރުކުރަނީ އަމިއްލައަށެވެ. މީރާ ބުނާގޮތުގައި އޭނާގެ ހަންގަނޑުގެ އިތުރުން އިސްތަށިގަނޑުގެ ރީތިކަމުގެ އަސްލަކީވެސް ކެމިކަލް ފްރީ ގުދުރަތީ ތަކެތި ބޭނުންކުރުމެވެ.

ފޭސް މާސްކް ފަދަ ތަކެތި މީރާ ތައްޔާރުކުރަނި އޭނާގެ ގޭގައި އޭނާ އަމިއްލައަށެވެ.

އެގޮތުން ބިޔުޓީ ޕްރޮޑަކްޓްސްތައް ބޭނުންކުރުމުގައި ކެމިކަލް ހުންނަ ބާވަތްތައް ގަނެެގެން ބޭނުންކުރެވެނީ ވަރަށް މަދު ފަހަރަކު ކަމުގައި މިރާ ބުނެފައިވެއެވެ. އަދި އެފަދަ ތަކެތިން އިސްތަށިގަނޑު ހަލާކުވެ ހަންގަނޑުވެސް ހަލާކުވާ ކަމުގައި މީރާ ފާހަގަކޮށްފައިވެއެވެ.

އެގޮތުން ފޭސްމާސްކު ތައްޔާރުކުރަން މީރާ އާންމުގޮތެއްގައި ބޭނުންކުރަނީ އިނގުރާއި މާމުތާއި އަދި ރީނދުލެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް