މިފްކޯ އިން ފަސްމީރު ބްރޭންޑް ވަޅޯމަހުގެ އަގު ހެޔޮކޮށްފި

މިފްކޯ އިން ފަސްމީރު ބްރޭންޑް ވަޅޯމަހުގެ އަގު ހެޔޮކޮށްފި އެވެ. އެ ކުންފުނިން ބުނީ ފަސްމީރު ވަޅޯ މަސް ކިލޯއެއް މިހާރު ވިއްކާނީ 105 ރުފިޔާއަށް ކަމަށެވެ. މީގެ އެ ކުންފުނިން ފަސްމީރު ބްރޭންޑުގެ ވަޅޯމަސް ކ...

07 Jan 2021 | 12:48

މިފްކޯ އިން ފަސްމީރު ބްރޭންޑް ވަޅޯމަހުގެ އަގު ހެޔޮކޮށްފި އެވެ.

އެ ކުންފުނިން ބުނީ ފަސްމީރު ވަޅޯ މަސް ކިލޯއެއް މިހާރު ވިއްކާނީ 105 ރުފިޔާއަށް ކަމަށެވެ.

މީގެ އެ ކުންފުނިން ފަސްމީރު ބްރޭންޑުގެ ވަޅޯމަސް ކިލޯއެއް ވިއްކަމުން ގެންދިޔައީ 120 ރުފިޔާ އަށެވެ.

މަސްވެރިންގެ އަތުން މަސްގަތުމަށް ގެނައި ބަދަލާއެކު މިފްކޯ އިން ވިއްކާ ދަޅުމަހުގެ އަގަށްވެސް ބަދަލު ގެނެސް ވަނީ އަގު ހެޔޮކޮށްފަ އެވެ.

އެގޮތުން ކުރިން 640 އަށް ވިއްކަމުންދިޔަ ތެޔޮ މަސްދަޅު ކޭހުގެ އަގު މިހާރުވަނީ 575 ރުފިޔާއަށް ހެޔޮކޮށްފަ އެވެ. އަދި ކުރިން 13.50 ރުފިޔާއަށް ވިއްކި ތެޔޮ މަސްދަޅެއް މިހާރު ލިބޭނީ 12.25 ރުފިޔާ އަށެވެ.

މީގެ އިތުރުން 595 ރުފިޔާއަށް ވިއްކި ފެން މަސްދަޅު ކޭސް، މިހާރު ވިއްކަނީ 530 ރުފިޔާ އަށެވެ. އަދި 12.50 ރުފިޔާއަށް ވިއްކި ފެން މަސްދަޅެއް މިހާރު ލިބޭނީ 11.25 ރުފިޔާ އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް