ލައިފް ސަޕޯޓު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ސްކޫލްތަކަށް ހޭންޑް ސެނެޓައިޒާ ހަދިޔާ ކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި އެޑިއުކޭޝަން މިނިސްޓްރީއާ މިތަކެތި ހަވާލުކޮށްދެއްވީ ލައިފް ސަޕޯޓްގެ މެނޭޖިން ޑިރެކްޓަރު ޑރ. މަރިޔަމް ވަސީމާ އާއި ޖެނެރަލް މެނޭޖާ އަބްދުﷲ މައުމޫނެވެ. މިނިސްޓްރީގެ ފަރާތުން ތަކެއްޗާ ހަވާލުވެވަޑައިގަތީ މިނިސްޓަރު ޑރ. އާއިޝަތު އަލީ އެވެ.
އެ ކުންފުނިން ވަނީ 5،000 ހޭންޑް ސެނެޓައިޒާ ފުޅި ހަދިޔާކޮށްފައި އެވެ. ލައިފް ސަޕޯޓުން ބުނީ މިއީ ސްކޫލް ތަކުގެ މުވައްޒަފުންނާއި ދަރިވަރުން ކޯވިޑުން ރައްކާތެރިވެ ތިބުމަށް މިނިސްޓްރީން ކުރާ މަސައްކަތަށް ދިން އެހީއެއް ކަމަށެވެ.
މި ސެނިޓައިޒާ ފުޅިތައް ސްކޫލްތަކަށް ބަހާނީ އެޑިއުކޭޝަން މިނިސްޓްރީންނެވެ.
2020-2021 ވަނަ އަހަރުގެ ދެ ވަނަ ޓާމުގެ ކިޔެވުން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި އަންނަ އާދިއްތަ ދުވަހު ފަށާނެ އެވެ. މިއީ ކޯވިޑް-19 އާއި ގުޅިގެން މިދިޔަ އަހަރުގެ މާޗް މަހު ސްކޫލްތައް ބަންދު ކުރުމަށް ފަހު އަލުން ކިޔަވައިދޭން ފެށި ފަހުން ހުރިހާ ސްކޫލެއްގައި ކިޔަވައިދޭން ފަށާ ފުރަތަމަ ފަހަރެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސްކޫލްތަކުގައި ކިޔަވައިދޭން ފަށަން ނިންމިޔަސް އެ ރަށެއްގެ ކޯވިޑުގެ ހާލަތަށް ބަލައި ސްކޫލްތަކުގައި ކިޔަވައިދިނުން ހުއްޓާލާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް