އިޓާލިއަން ސެރިއާގައި އޭސީ މިލާން ބަލިވި އިރު، ސެމްޕްޑޯރިއާ އިން އިންޓަރ މިލާން ބަލިކޮށްފި

އިޓާލިއަން ސެރިއާގައި އޭސީ މިލާން ބަލިވި އިރު، ސެމްޕްޑޯރިއާ އިން އިންޓަރ މިލާން ބަލިކޮށްފި އެވެ. މި ލީގުގައި ސެމްޕްޑޯރިއާ އާއި އިންޓަރ މިލާން ބައްދަލުކުރި މެޗު ސެމްޑޯރިއާ ކާމިޔާބުކުރީ 2 ލަނޑު 1 ލަނޑުނ...

07 Jan 2021 | 10:05

އިޓާލިއަން ސެރިއާގައި އޭސީ މިލާން ބަލިވި އިރު، ސެމްޕްޑޯރިއާ އިން އިންޓަރ މިލާން ބަލިކޮށްފި އެވެ.

މި ލީގުގައި ސެމްޕްޑޯރިއާ އާއި އިންޓަރ މިލާން ބައްދަލުކުރި މެޗު ސެމްޑޯރިއާ ކާމިޔާބުކުރީ 2 ލަނޑު 1 ލަނޑުން ނެވެ.

ރަށުން ބޭރުގައި ކުޅުނު މިމެޗުގެ ފުރަތަމަ ލަނޑު 23 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ އެންޓޯނިއޯ ކަންޑްރޭވާ އެވެ. އަދި ދެވަނަ ލަނޑު 38 ވަނަ މިނެޓްގައި ޖަހާދިނީ ކެއިޓާ ބާލްޑަރ އެވެ.

މިމެޗުގައި އިންޓަރއިން ޖެހި ހަމައެކަނި ލަނޑު 65 ވަނަ މިނެޓްގައި ޖަހާދިނީ ސްޓެފަން ޑި ވްރެއި އެވެ.

މި ލީގުގައި ޔުވެންޓަސް އަތުން އިންޓަރ މިލާން ބަލިވީ 3 ލަނޑު 1 ލަނޑުން ނެވެ. މިބައްޔާއެކު އިޓާލިއަން ލީގުގައި އޭސީ މިލާނުގެ ބަލިނުވުމުގެ ސިލްސިލާ އަށް 27 މެޗަށް ފަހު ނިމުމެއް މިވަނީ ނިމުން އައިސްފަ އެވެ.

ޔުވެންޓަސްއަށް މެޗުގައި 18 ވަނަ މިނެޓުގައި ފެޑެރިކޯ ޗިއެސާ ލީޑު ނަގައިދިން އިރު، މިލާނުން ކޮންޓްރޯލް ނަގައި، ޑެވިޑޭ ކަލަބްރިއާގެ ގޯލުން ވަނީ އެއްވަރުކޮށްފަ އެވެ.

ދެވަނަ ހާފުގައި ވެސް މިލާނުން ރަނގަޅަށް ކުޅެމުން ދަނިކޮށް ޔުވެންޓަސްގެ ޗިއެސާ އެ ޓީމަށް 62 ވަނަ މިނެޓުގައި އަލުން ވަނީ ލީޑު ނަގައިދީފަ އެވެ. މިލާން އަލުން މެޗުގެ ތެރެއަށް ވަންނަން ކުރި މަސައްކަތަށް ހުރަސް އެޅުނީ ބަދަލު ކުޅުންތެރިޔާ ވެސްޓަން މެކްކެނީ ޖެހި ގޯލުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް