އެމެރިކާގެ ގާނޫނު ހަދާ މަޖިލީސް ހިންގާ އިމާރާތް ކަމަށްވާ ކެޕިޓަލްގެ ތެރެއަށް ވަދެ އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަޕޯޓަރުން ހިންގި ހަމަނުޖެހުންތަކަކީ ކުރަން އުޅުނު ބަގާވާތެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސިފަ ކުރައްވައިފި އެވެ.
ޓްރަމްޕްގެ ސަޕޯޓަރުން އެ އިމާރާތަށް ވަދެ ހިންގި ހަމަނުޖުންތަކުގައި ހަތަރު މީހުން މަރުވެފައިވެ އެވެ. މި ހަމަނުޖެހުންތަކުގައި ގިނަ ބަޔަކު ޒަހަމްވެފައިވާއިރު14 ފުލުހަކަށް އަނިޔާވެފައިވެ އެވެ.
މިކަމާއި ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބަޣާވާތް ކުރާގޮތް އެނގިވަޑައިގަންނަވާ ކަމަށާއި އެކަން ތަޖުރިބާ ކުރައްވާފައިވާ ކަމަށެވެ. އަދި އެމެރިކާގައި ކުރަން އެއުޅެނީ ބަޣާވާތް ނޫން އެހެން ކަމެއް ނޫން ކަމަށެވެ.
ނަޝީދު ވިދާޅުވީ އެ ހަމަނުޖެހުންތަކުން އަސަރު ކުރާނީ އެމެރިކާގެ ޑިމޮކްރަސީ އަށް އެކަނި ނޫން ކަމަށެވެ. އެފަދަ ކަންކަމުގެ އަސަރު ޑިމޮކްރެޓިކް މިނިވަން ކަމާއި އުސޫލުތަކަށް ވެސް ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
https://twitter.com/MohamedNasheed/status/1346956510400634882
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް