ކުވައިތުގެ ފޮރިން މިނިސްޓަރު ޝެއިހް ޑރ. އަހުމަދު ނާސިރް އަލް މުޙައްމަދު އަލް ސަބާޙް އަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މަރުހަބާ ވިދާޅުވެއްޖެ އެވެ.
ޝާހިދު އޭނާއަށް މަރުހަބާ ވިދާޅުވީ ގައުމަށް އަގުހުރި ހިދުމަތް ކުރާ ފަރާތްތަކަށް ދެވޭ މަތީ ޢިއްޒަތެއްކަމަށްވާ "އޯޑާ އޮފް ކުވައިތު" (ވިސާމް އަލް-ކުވައިތު) ޝެއިޚް ނަވާފަށް އެރުވުމާ ގުޅިގެން ނެވެ.
މިނިސްޓަރު ޝާހިދު ވިދާޅުވީ އެ ޝަރަފަކީ ބައިނަލްއަގުވާމީ ޑިޕްލޮމެސީއާއި ކުވައިތަށް އަދި ދާދި ފަހުން ބޭއްވި ގަލްފް ގައުމުތަކުގެ ބައްދަލުވުމުގެ ނަތީޖާއަށް ނަޒަރު ހިންގާއިރު، ޑރ. އަޙްމަދު ނާސިރް އަލް މުޙައްމަދު އަލް ސަބާޙް އަށް ޙައްގު ޝަރަފެއް ކަށެވެ.
ކުވައިތުގެ 35 ވަނަ ކެބިނެޓަށް ޑރ. އަޙްމަދު ނާސިރް އަލް މުޙައްމަދު އަލް ސަބާޙް އަނެއްކާވެސް އައްޔަންކުރެއްވުމާ ގުޅިގެން މިދިޔަ ޑިސެމްބަރު މަހުވެސް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވަނީ މަރުޙަބާ ވިދާޅުވެފައެވެ.
ކުވައިތުގެ ފޮރިން މިނިސްޓަރަކީ ސައުދީ އަރަބިއްޔާ އާއި ގަތަރުގެ ގޯސްވެފައިވާ ސިޔާސީ މަޝްރަހު ފިނިކޮށް އަލުން ގުޅުވުމުގައި މެދުވެރިއެއްގެ ރޯލު އަދާ ކުރެއްވި ފަރާތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް