ބޮލީވުޑްގެ މަޝްހޫރު ދެމަފިރިން ކަމުގައިގައިވާ ބިޕާޝާ ބާސޫ އަދި ކަރަން ސިންގް ގްރޯވާ މިވަނީ ރޭގައި ބިޕާބާގެ އުފަންދުވަސް ފާހަގަކޮށްފައެވެ.
އެގޮތުން މިއަދު ބިޕާޝާއަށް 42 އަހަރު ފުރިފައިވާ އިރު ކަރަން ވަނީ އޭނަގެ އިންސްޓަގްރާމްގައި ބިޕް އަށް އުފަންދުވަހުގެ ތަހުނިޔާ ކިޔާފައެވެ. ކަރަންގެ ޕޯސްޓްގައި އޭނާ ފާހަގަކޮށްފައިވާގޮތުން އޭނާއަކީ ދުނިޔޭގައި ހުރި އެންމެ ނަސީބު ގަދަ މިހާއެވެ.
ކަރަންގެ ޕޯސްޓާ ގުޅިގެން އެ ދެމަފިރިންގެ ފޭނުންވެސް ވަނީ ބިޕާޝައަށް އުފަންދުވަހުގެ ތަހުނިޔާކިޔަން ފަށާފައެވެ. އަދި ބައެއް މީހުން އެއީ އެމީހުންގެ ފެވަރިޓް ކަޕްލް ގެ ގޮތުގައި ފާހަގަކޮށްފައިވާއިރު އަނެއްބައި ފޭނުންވަނީ ކަރަންގެ ދެމަފިރިންނަކީ އެންމެ ގުޅޭ ޖޯޑު ކަމުގައިވެސް ފާހަގަކޮށްފައެވެ.
މި ދެމަފިރިން ވަނީ އެކުގައި ވެކޭޝަންތަކަށް ވަރަށް ތަފާތު މަންޒިލްތަކަށްދާ ދެމަފިރިންގެ ގޮތުގައި އާންމުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް