ޅ. އަތޮޅުގައި ހަތިޔާރާއި އެކު ސިފައިންގެ އަސްކަރީ ތަމްރީންތަކެއް ފަށައިފި އެވެ.
އެމްއެންޑިއެފުން ބުނީ މި ތަމްރީންތައް ކުރިޔަށް ގެންދާނީ މިއަދުން ފެށިގެން މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަަލަށް ކަމަށެވެ. މި ތަމްރީންތަކަކީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑު (މާފިލާފުށި) ން ހިންގާ ތަމްރީނުތަކެކެވެ.
މި ތަމްރީން ތަކުގައި ޅ. އަތޮޅުގެ ބައެއް ރަށްރަށާއި ބައެއް ރިސޯޓްތަކުގައި ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވާނެއެވެ.
އަދި، މި ތަމްރީނުގައި ބައެއް ބާވަތްތަކުގެ ޕައިރޯޓެކްނިކް ބޭނުންކުރުމަށް ހަމަޖެހިފައިވެ އެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު ސިފައިން ވަނީ މިފަދަ ތަމްރީންތަކެއް ލ. އަތޮޅު ގައާއި މާލޭގައި ވެސް ކުރިޔަށް ގެންގޮސްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް