މަޝްހޫރު މޮޑެލް ކިމް ކާޑޭޝިއަން އާއި އޭނަގެ ފިރިމީހާ މަޝްހޫރު ރެޕް ކޭންޔޭ ވެސްޓް ވަރިވާން އުޅޭކަމުގެ ޚަބަރުތައް ފެތުފައި މި ވާ ދަނޑިވަޅުގައި ކިމް އޭނާގެ އަގުބޮޑު އެންގޭޖެމެންޓް ރިންގް ނާޅާ އުޅެނިކޮށް މިވަނީ ފެނިފައެވެ.
އެގޮތުން ކިމްގެ މި އަނގޮޓީގެ އަގަކީ 1.5 މިލިއަން ޑޮލަރު ކަމުގައިވެއެވެ.
ކިމް އޭނާގެ އެންގޭޖްމެންޓް ރިންގް ނާޅާ އުޅެނިކޮށް ފެނިފައި މި ވަނީ ދެމަފިރިން ވަރިވާ ކަމުގެ ޚަބަރުތައް ފެތުރުމުގެ 1 ދުވަސް ކުރިން ނަގާފައިވާ ފޮޓޮއަކުންނެވެ.
އުމުރުން މިހާރު 40 އަހަރުގެ މޮޑެލްގެ ކައިވެނި ރޫޅާލަން އުޅޭ ކަމުގެ ޚަބަރު ފެތުރިފައިވާއިރު މިއީ އޭނަގެ 3 ވަނަ ކައިވެންޏެވެ. ކޭންޔޭ ވެސްޓްއާ ކިމް ކައިވެނީގެ ގޮށް ޖަހާފައި ވަނީ 2014 ވަނަ އަހަރުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް