ރައީސް ހެންވޭރު ރައްޔިތުންނާ ބައްދަލުކުރެއްވުން މާދަމާ ރޭ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާދަމާ ރޭ ހެންވޭރު ރައްޔިތުންނާ ބައްދަލުކުރައްވާނެކަން އިޢުލާނުކޮށްފިއެވެ. މިކަން އިޢުލާނުކުރެއްވީ ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދެވެ. އެކަމަނާ މިކަން އިޢ...

06 Dec 2025 | 07:25
ބުރާސްފަތި ދުވަހުގެ ރޭ ރައީސް މާފަންނު ރައްޔިތުންނާ ބައްދަލުކުރެއްވެވި -

ބުރާސްފަތި ދުވަހުގެ ރޭ ރައީސް މާފަންނު ރައްޔިތުންނާ ބައްދަލުކުރެއްވެވި -

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

މާދަމާ ރޭ ހެންވޭރު ރައްޔިތުންނާ ބައްދަލުކުރައްވާނެކަން އިޢުލާނުކޮށްފިއެވެ.

މިކަން އިޢުލާނުކުރެއްވީ ސަރުކާރުގެ ތަރުޖަމާނު

ހީނާ ވަލީދެވެ.

އެކަމަނާ މިކަން އިޢުލާނުކުރައްވަމުން

ވިދާޅުވެފައިވަނީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ

ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ޙިއްސާކުރައްވަން

ބޭނުންފުޅުވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު

މުޢިއްޒު ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ހެންވޭރުގެ ރައްޔިތުންނާ

ބައްދަލުކުރެއްވުން 2025 ޑިސެމްބަރު 7 ވާ އާދީއްތަ ދުވަހުގެރޭ 20:30ގައި ކަލާފާނު ސްކޫލްގައި

އޮންނާނެކަމަށެވެ.

"ވީމާ ހެންވޭރުގައި ދިރިއުޅުއްވާ ހުރިހާ ރައްޔިތުންނަށް

މި ބައްދަލުވުމުގެ ދަޢުވަތު އަރުވަމު" ތަރުޖަމާނު ވިދާޅުވެފައިވެއެވެ.

ރައީސް އަންނަނީ މިފަދަ ސިލްސިލާ

ބައްދަލުވުންތަކެއް ކުރިއަށްގެންދަވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް