ކޮވިޑް-19 އަށް ރާއްޖެއިން މިއަދު އިތުރު 39 މީހުން ފައްސި ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ މާލެއިން 37 މީހުންނާއި އިންޑަސްޓްރިއަލް ރަށްތަކުން ދެ މީހުންނެވެ.
އިއްޔެގެ 18:00 އިން މިއަދުގެ 18:00 އަށް 39 މީހުން ބައްޔަށް ފައްސި ވެފައިވާއިރު މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 13،198 މީހުން ފައްސި ވެފައިވެއެވެ.
ކޮވިޑް ބަލިން މިއަދު ރަނގަޅުވި 57 މީހުންނާއި އެކު ރާއްޖެއިން މިހާރު ކޮވިޑް ބަލިން ރަނގަޅު ވެފައިވާ ޖުމްލަ އަދަދަކީ 12،321 އެވެ. އަދި މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު 47 އެވެ.
ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 71 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް