ފެނަކީ ހަށިގަނޑަށް ވަރަށް ބޮޑު ފައިދާ ލިއްބައިދޭ އެއްޗެކެވެ. ފެނަކީ ހަށިގަނޑަށް ބޭނުންވާ މިނަރަލްސް އާއި ނިއުޓްރިއެންޓްސް ގިނަ އަދަދަކަށް އެކުލެވޭ އެއްޗެކެވެ. ނިދުމުގެ ކުރިން ފެން ބުއިމަކީ މި މިނަރަލްސް އާއި ނިއުޓްރިޝަން ހަށިގަނޑުގައި ހިފެހެއްޓުމަށް ކުރެވޭނެ އެންމެ ރަނގަޅު އެއްކަންތަކެވެ.
ކޮންމެ ދުވަހަކު ވެސް ނިދުމުގެ ކުރިން ފެންތައްޓެއް ބޯލަން އަދާ ކުރާނަމަ ތިމާގެ ސިއްހަތަށް އޭގެ ފައިދާ ލިބިގެންދާނެ އެވެ. ލިބިގެންދާ ފައިދާ ބޮޑު ވެގެންދާނެ އެވެ. ފެން ބޯން ޖެހެނީ ހަމައެކަނި ނިދާއިރު ނޫން ނަމަވެސް، ނިދުމުގެ ކުރިން ފެން ބުއިން މުހިންމެވެ.
ފެނުން ލިބޭ ބައެއް ފައިދާތަކަށް ބަލާއިރު، ފެން ބުއިމުގެ ސަބަބުން ލޭގައި ހުންނަ ޓޮކްޒިންތައް ބޭރުކޮށްދެ އެވެ. އަދި ހަންގަނޑުގެ ވިދުން އިތުރުކޮށްދެ އެވެ. އަދި ފެން ބުއިމުގެ ސަބަބުން ހަށިގަނޑުގެ މެޓަބޮލިސްމަގެ 25 އިންސައްތަ އިތުރުކޮށްދެ އެވެ.
އެގޮތުން ކޮންމެ ރެޔަކުވެސް ނިދުމުގެ ކުރިން ފެން ބޯލާނަމަ ހަށިގަނޑުގައި ހުންނަ ޖަރާސީމުތައް ނައްތާލާނެ އެވެ. ހަށިގަނޑުގައި ލޭ ދައުރުކުރުން ވެސް އިތުރުކޮށްދެ އެވެ.
ގިނައިން ފެން ބުއިމުން ހޮޑުލުން، ކެންސަރު، ކަރުތެރޭގެ ބަލިތައް، ލޮލުގެ މައްސަލަތައް ކިޑްނީގެ މައްސަލަތައް، އާތްރައިޓިސް، ބޭރަށް ހިންގުން އަދި ބޮލުގައި ރިއްސުން ފަދަ ބަލިތަކުން ދުރުކޮށްދޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް