ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކޮށްގެން ބިދޭސީއަކު ހައްޔަރުކޮށްފި

އުމުރުން12 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްގެން ބިދޭސީއަކު ހައްޔަރުކޮށްފި އެވެ. މި މައްސަލަ ހުށަހަޅާފައިވަނީ ގއ. އަދި ގދ. ހިމެނޭ އަޕާ ސައުތް ޕޮލިސް ޑިވިޝަނަަށެވެ. ފުލުހުން ބުނީ މމި މ...

06 Dec 2020 | 14:55

އުމުރުން12 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްގެން ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލަ ހުށަހަޅާފައިވަނީ ގއ. އަދި ގދ. ހިމެނޭ އަޕާ ސައުތް ޕޮލިސް ޑިވިޝަނަަށެވެ. ފުލުހުން ބުނީ މމި މައްސަލަ ހުށަހެޅީ މިމަހުގެ ދެ ވަނަ ދުވަހު ކަމަށެވެ.

މި މައްސަލައި ހައްޔަރު ކުރި ބިދޭސީ މީހާ އަކީ އުމުރުން 36 އަހަރުގެ މީހެކެވެ. އެމީހާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން މިއަދު ހަވީރު 5:30 ހާއިރު އެވެ.

ފުލުހުން ބުނީ ޖިންސީ ގޯނާގެ މައްސަލަތަކަކީ ފުލުހުން ވަރަށް އިސްކަމެއް ދީގެން ބަލާނެ މައްސަލަތައް ކަމަށެވެ. އެކަމަކު ކުއްޖާގެ ރައްކާތެރިކަމަށްޓަކައި އެކު ކުއްޖާ ނިސްބަތްވާ ރަށާއި އަތޮޅު ހާމަ ނުކުރާނެ ކަމަށް ފުލުހުން ބުނެ އެވެ.

މިދިޔަ ހަފްތާގައި ފުލުހުން ވަނީ މާލޭ މަގުމަތިން ދެ އަންހެނަކަށް ޖިންސީ ގޯނާ ކުރި ބިދޭސީއަކުވެސް ހައްޔަރުކޮށްފައި އެވެ. އެ މައްސަލައިގަ ހައްޔަރުކޮށްފައިވަނީ އިންޑިއާ މީހެކެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް