އުރީދޫ އާޗާ ޕްރިޕެއިޑްގެ މުޅިން އައު ޕްލޭންސް، އާޗާ ޑެއިލީ 1ޖީބީ ޕްލޭން އުރީދޫއިން މިއަދު ތައާރަފްކޮށްފިއެވެ.
މި އައު ޕްލޭންތައް މެދުވެރިކޮށްމުޅި ހަފްތާއަށް ނުވަތަ މުޅި މަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު 1ޖީބީ ޑޭޓާ އާއި އެކު އަންލިމިޓަޑް އުރީދޫ ކޯލްސް ލިބެމުންދާނެއެވެ.
އުރީދޫ މޯލްޑިވްސް ގެ އެކްޓިންގ ޗީފް ކޮމާރޝަލް އޮފިސަރ، ހުސައިން ނިޔާޒް ވިދާޅުވީ، "އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރަނީ ތަފާތު ކަސްޓަމަރުންގެ އެކިއެކި ބޭނުންތަކަށް އެކަށޭނަ ގޮތަށް އަޅުގަނޑުމެންގެ ޕްރޮޑަކްޓްތައް ފަރުމާކޮށް އިތުރު ފުރިހަމަކަމާއިއެކު ގިނަ ފައިދާތަކެއް ލިބިދޭގޮތަށް ފޯރުކޮށްދިނުމަށް. އެގޮތުން ޑޭޓާ ބޭނުންކުރާވަރު އިތުރުވެފައިވާ އޮތް މިދަނޑިވަޅުގައި މިއަދު މި ލޯންޗްކުރެވުނު ޕްލޭންސްއަކީ ހެޔޮ އަގުގައި އެއްފަހަރު ރިޗާޖްކޮށްލައްވައިގެން ކޮންމެ ދުވަހަކުވެސް ޑޭޓާ އައުވެގެންދާ ޕެކްތަކެއް. ކޮންމެ ދުވަހެއްވެސް ފެށިގެންދާނީ އެދުވަހުގެ ކަންކަމަށް ބޭނުންކުރާނެ އައު ޑޭޓާއާއި އެކު."
އާޗާ ޕްރިޕެއިޑް ޕްލޭންސް
| އާޗާ ޕްރިޕެއިޑް ޕްލޭންސް | އަގު (ރުފިޔާ) | ކޮންމެ މަހަކަށް ލިބޭ އެލަވަންސް | ބޭނުންކުރެވޭ މުއްދަތު |
| އާޗާ ވީކްލީ ޕެކް | 150 | 7 ޖީބީ (ދުވާލަކު 1 ޖީބީ ޑޭޓާ) އުރީދޫ ނަމްބަރުތަކަށް އަންލިމިޓެޑް ކޯލްސް | 7 ދުވަސް |
| އާޗާ މަންތްލީ ޕެކް | 500 | 30 ޖީބީ (ދުވާލަކު 1 ޖީބީ ޑޭޓާ) އުރީދޫ ނަމްބަރުތަކަށް އަންލިމިޓެޑް ކޯލްސް | 30 ދުވަސް |
އާޗާ ޕްރިޕެއިޑް ޕްލޭންސް އެކްޓިވޭޓްކޮށްލުމަށް:
- އުރީދޫ އެޕް: http://ore.do/app
- އެސްއެމްއެސް މެދުވެރިކޮށް އެކްޓިވޭޓްކޮށްލުމަށް ކީވޯޑް “UD150” (އާޗާ ވީކްލީ ޕެކް)، “UD500” (އާޗާ މަންތްލީ ޕެކް) ޖެއްސެވުމަށްފަހު 5555 އަށް ފޮނުވާލުމުން އެކްޓިވޭޓް ކޮށްލެވޭނެއެވެ.
- 1#*929* އަށް ޑައަލް ކޮށްލައިގެންވެސް އެކްޓިވޭޓް ކޮށްލެވޭނެއެވެ.
އައު ކަސްޓަމަރުން އާޗާ ޕްރިޕެއިޑް ނެންގެވުމަށް އުރީދޫ ޝޮޕް ނުވަތަ އުރީދޫ ޕާރޓްނަރ ޝޮޕެއް މެދުވެރިކޮށް ސްޓޭންޑަރޑް ޕްރިޕެއިޑް ޕްލޭނެއް ބައްލަވައިގަތުމަށްފަހު އުރީދޫ އެޕް، އެސްއެމްއެސް ނުވަތަ 1#*929* އަށް ޑައަލް ކުރައްވައިގެން އެކްޓިވޭޓްކޮށްލެވޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް