ކީރިތި ޤުރްއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ޤައުމީ މުބާރާތް 2020ގެ ފައިނަލް ބުރަށް ހޮވޭ ބައިވެރިން މާދަމާ އިޢުލާން ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ އެ ފަރާތްތަައް އިޢުލާން ކުރާނީ 2020 ޑިސެމްބަރ 07 ވާ ހޯމަ ދުވަހުގެ ހަވީރު 18:00 ގައި ކަމަށެވެ.
މިނިސްޓްރީން ކުރިން އަންގާފައިވާ ގޮތުގައި ފައިނަލް ބުރަށް ހޮވޭ ދަރިވަރުން އިޢުލާންކުރަން ހަމަޖެހެފައިވަނީ މިއަދުއެވެ. ނަމަވެސް ބައިވެރިންގެ ޢަދަދު ގިނަވުމުގެ ސަބަބުން މިއަދާ ހަމައަށް ފަނޑިޔާރުކަން ނިމިފައިނުވާތީ ނަތީޖާވަނީ އިޢުލާން ނުކުރެވިފައެވެ.
މުބާރާތުގެ ނަތީޖާ އިޢުލާންކުރުމަށް ހަމަޖެހިފައިވަނީ މުބާރާތުގެ ޕޯޓަލް އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ވެބްސައިޓް މެދުވެރިކޮށެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިންތިޒާމު ކޮށްގެން ބާއްވާ "ކީރިތި ޤުރްއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ޤައުމީ މުބާރާތް 2020" އަކީ މީގެ ކުރިން ބާއްވަމުންދިޔަ ޤައުމީ މުބާރާތާއި ޚިލާފަށް މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް ވާޗުއަލްކޮށް ޤައުމީ ފެންވަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބަލައިގެން ކިޔެވުމުގެ ޚާއްޞަ މުބާރާތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް