އޮސްޓްރޭލިއާގެ އާގު ބޯޓެއްގައި އޮތް ބަލި މީހަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި

ތުރުކީއިން ފުރައިގެން އޮސްޓްރޭލިއާ އަށް ދަތުރު ކުރި އާގުބޯޓެއްގައި އޮތް ބަލި މީހަކަށް އެމްއެންޑީއެފްކ ކޯސްޓް ގާޑުން އެހީތެރިވެއްޖެ އެވެ. އެމްއެންޑީއެފުން ބުނީ އެ ބޯޓުން އެމްއެންޑީއެފް ކޯސްޓް ގާޑުގެ އެ...

06 Dec 2020 | 07:48

ތުރުކީއިން ފުރައިގެން އޮސްޓްރޭލިއާ އަށް ދަތުރު ކުރި އާގުބޯޓެއްގައި އޮތް ބަލި މީހަކަށް އެމްއެންޑީއެފްކ ކޯސްޓް ގާޑުން އެހީތެރިވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ އެ ބޯޓުން އެމްއެންޑީއެފް ކޯސްޓް ގާޑުގެ އެހީތެރިކަމަށް އެދުނީ އިއްޔެ ހަވީރު 5:27 ހާއިރު ކަމަށެވެ. އެމްއެންޑީއެފުން ބުނީ އެ ބޯޓުން އެހީތެރިކަމަށް އެދުނު އިރު ދަތުރު ކުރަމުން ދިޔައީ ރާއްޖޭގެ ހުޅަނގުން 150 ނޯޓިކަލް މޭލު ދުރުން ކަމަށެވެ.

އެމީހާ އެމްއެންޑީއެފް ކޯސްޓް ގާޑަށް ނެގީ ލ. ގަމު ހުޅަނގު ދެކުނުން 30 ނޯޓިކަލް މޭލަށް ބޯޓު ކައިރި ކުރުމުންނެވެ. އެމްއެންޑީއެފުން ބުނީ އެ ބޯޓު ރާއްޖޭ ސަރަހައްދަށް ވަނީ ކަމާ ބެހޭ ފަރާތްތަކުގެ ހުއްދަ އާއި އެކު ކަމަށެވެ.

އެމްއެންޑީއެފް ކޯސްޓްގާޑު ސެންޓްރަލް އޭރިއާގެ ސްކޮޑްރަން އިން އެ ބޯޓު ކައިރިޔަށް ގޮސް މިއަދު ހެނދުނު ބަލި މީހާ ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައި އެވެ. ފަރުވާ ދިނުމަށް ގަމަށް ގެންދިޔައީ އުމުރުން 40 އަހަރުގެ ފިލިޕިންސް މީހެކެވެ.

އެމްއެންޑީއެފުން ބުނީ އެމީހާ އަކީ އެ ބޯޓުގެ ފަޅުވެރިއެއް ކަމަށާއި އެމީހާއަށް އަވަސް ފަރުވާ ބޭނުންވީ ބޮލަށް ލިބުނު ގެއްލުމަކާއި ގުޅިގެން ކަމަށެވެ.

އެ އާގު ބޯޓަކީ ލައިވް ސްޓޮކް އުފުލާ ބޯޓެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް