އެތެރެހަށީގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރި މީހަކު ހައްޔަރު ކޮށްފި އެވެ.
މި މައްސަލައިގަ ހައްޔަރުކޮށްފައިވަނީ ބްރެޒިލްގެ ރައްޔިތެއް ކަމަށްވާ ރެނާޓޯ އަލްފްރެޑޯ އެވެ. މި މީހާ ހައްޔަރު ކުރީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރު ކުރީ އޭނާގެ އަމަލުތައް ހުރި ގޮތުން ކަސްޓަމްސް އޮފިސަރުންނަށް ޝައްކުވެގެން އެކްސްރޭ ކުރުމުން ހަށިގަނޑު އެތެރޭގައި އެއްޗެއް ހުރިކަން އެނގުމުންނެވެ. ފުލުހުން ބުނީ ކަސްޓަމްސް އާއި ގުޅިގެން އެމީހާ ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމުން އޭނާގެ ހަށިގަނޑުގައި ފޮރިން ބޮޑީސްތަކެއް ހުރިކަން ޔަގީން ކުރެވުނު ކަމަށެވެ،
ފުލުހުން ބުނީ ހަށިގަނޑު އެތެރޭގައި ހުރި އެއްޗެހި ނެގުމަށް އޭނާ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ބޭއްވާފައި އޮތް އިރު ބޮޑުކަމު ދިޔައިރު ބޮޑުކަމު ދިޔަ ތަކެތީގެ ތެރޭގައި މަސްތުވާތަކެތި ހިމެނޭ ކަމަށެވެ. އެގޮތުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ 66 ބުލެޓު ފެނިފައިވާ ކަމަށް ބުނެ އެވެ.
މި މައްސަލައިގަ އެމީހާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް