މަޖިލީހުގެ ޖަލްސާއެއް މިއަދު ހަވީރު ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިއަދު ހަވީރު ބާއްވަން ހަމަޖައްސައިފި އެވެ. މި ޖަލްސާ ބޭއްވުމަށް އެޖެންޑާ ކޮށްފައިވަނީ މިއަދު ހަވީރު 4:30 ގައި އެވެ. މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ މައްސަލަ...

06 Dec 2020 | 05:05

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިއަދު ހަވީރު ބާއްވަން ހަމަޖައްސައިފި އެވެ.

މި ޖަލްސާ ބޭއްވުމަށް އެޖެންޑާ ކޮށްފައިވަނީ މިއަދު ހަވީރު 4:30 ގައި އެވެ.

މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި މާލީ ސެކިއުރިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު ހުށަހެޅުން ހިމެނެ އެވެ. އަދި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ލާމަރިކަޒީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށަހެޅުން ހިމެނެ އެވެ.

މީގެ އިތުރުން ކުރީގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ރައްޔިތުންގެ މަޖިލީހަށް ސައްހަ ނޫން މައުލޫމާތު ދީފައިވާތީ އެކަން އިމްތިޔާޒާއި ސުލޫކު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު ތަޅުމަށް ހުށަހެޅުން ހިމެނެ އެވެ.

މަޖިލީހުގެ ޖަލްސާތައް އާންމުކޮށް އޮންނާނީ ކޮންމެ ހަފްތާއެއްގެ ހޯމަ، އަންގާރަ އަދި ބުދަ ދުވަހު އެވެ. މަޖިލީހަށް ހުށަހެޅިފައިވާ ގިނަ މައްސަލަތަށް ނިންމުމަށް މި ދައުރުގެ ޖަލްސާތައް މާދަމާގެ ނިޔަލަށް ދަންމާލުމަށް މިދިޔަ ހަފްތާގައި މަޖިލީހުން ފާސްކޮށްފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކޮންމެ އަހަރަކު ތިން ދައުރަށް ބަހާލައިގެން ކުރިޔަށް ގެންދާއިރު ކުރިޔަށް މިދާ މިއަހަރުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް މަޖިލީހުގެ ގަވައިދުގައި ވާގޮތުން މިދިޔަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު ނިމޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް