ބޮލީވުޑްގައި ކުރީގައި ރީތި ފިލްމުތަކެއް ކުޅެފައިވާ ފަރްދީން ހާން ސްކްރީނުންނާއި އާންމުންގެ ތެރެއިން ގެއްލުނުތާ ހަތަރު އަހަރު ފަހުން ބޮޑު ބަދަލަކާއި އެކު ފެނިއްޖެ އެވެ.
2016 ވަނަ އަހަރު ކުއްލިއަކަށް ފަރުދީން އާންމުންގެ ތެރެއިން ގެއްލުނީ މީހުން ކުރި މަލާމާތާއި ގުޅިގެންނެވެ. އޭގެ ފަހުން ދޭތެރެ ދޭތެރެއިން އާއިލާ އާއި އެކު ފެނުނަސް އޭނާ މާބޮޑު ހަބަރެއް ސަޕޯޓަރުންނަށް ވެފައެއް ނުވެ އެވެ.
އެ އަހަރު ފަރުދީންނަށް ސޯޝަލް މީޑިއާގައި މަލާމާތްކޮށް ފުރައްސާރަ ކުރީ މާ ބޮޑަށް ފަލަވުމުންނެވެ. އޭނާ މާބޮޑަށް ފަލަވުމުން ހުތުރު ކަމަށް ބުނެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ފަޑު ކިޔަން ފެށުމުން އޭރު ފަރްދީން ރައްދުދީފައިވެސް ވެ އެވެ.
އެގޮތުން މީހުން ކުރާ މަލާމާތާއި ގުޅިގެން ފަލަވިޔަސް ލަދު ނުގަންނަ ކަމަށާއި އެކަމާއި ނުވިސްނާ ކަމަށް އޭރު ބުންޏެވެ.
ފަރުދީންގެ ހަބަރު ހަތަރު އަހަރުން ފަހުން ވެފައިވަނީ ބޮލީވުޑްގެ ޑައިރެކްޓަރެއް ކަމަށްވާ މުކޭޝް ޗަބްރާގެ އޮފީހުން ނުހުންނަ ފޮޓޯއެއް އާންމު ވުމާއި އެކު އެވެ. އެ ފޮޓޯގައި އޭނާގެ ހަޑިގަނޑަށް ވަރަށް ބޮޑަށް ބަދަލު އައިސްފައިވާއިރު އޭނާ ކުރިން ފިލްމު ކުޅުން އިރު ހަށިގަނޑު ހުރި ވަރަށް ވަނީ ހިކިފައި އެވެ.
އެ ފޮޓޯގައި ފަރުދީން ނުކުންނަތަން ފެންނަނީ ޑައިރެކްޓަރެއްގެ އޮފީހުން ކަމަށްވާތީ މީޑިއާގައި ވަނީ ހަށިގަނޑަށް ގެނައި ބޮޑު ބަދަލާއި އެކު އެނބުރި ފަރުދީން ބޮލީވުޑަށް ނުކުންނާނެ ކަމަށް ބެލެވޭ ކަމަށް ބުނެފައި އެވެ.
ފަރުދީން އެންމެ ފަހުން ފެނިފައިވަނީ 2010 ވަނަ އަހަރު ރިލީސް ކުރި "ދުލްހަ މިލް ގަޔާ" އިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް