ރިލީސް ސާމްޕަލް ނެގުން ކުރީގެ ފްލޫ ކްލިނިކަށް ބަދަލު ކޮށްފި

މާފަންނު މަދަރުސާގައި ރިލީސް ސާމްޕަލް ނެގުން ހުއްޓާލާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ. އެޗްޕީއޭއިން ބުނީ މިއަދުން ފެށިގެން އެ ސްކޫލްގައި ނަގަމުން އައި ރިލީސް ސާމް...

06 Dec 2020 | 04:26

މާފަންނު މަދަރުސާގައި ރިލީސް ސާމްޕަލް ނެގުން ހުއްޓާލާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ މިއަދުން ފެށިގެން އެ ސްކޫލްގައި ނަގަމުން އައި ރިލީސް ސާމްޕަލް ނެގުމަށް ހަމަޖެހިފައިވަނީ މާލޭ ހިޔާ 2 ފުރަގަހުގައި ހުންނަ ކުރީގެ ފްލޫ ކްލިނިކުން ކަމަށެވެ. އެ ކްލިނިކަކީ ކޯވިޑް-19 އާއިގުޅިގެން ހުޅުވި ކްލިނިކެވެ.

އެ ކްލިނިކްގައި ރިލީސް ސާމްޕަލް ނެގުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 9:00ން މެންދުރު 1:00 އަށް އަދި ހަވީރު 5:00ން ރޭގަނޑު 9:00 އަށެވެ. ހުކުރު ދުވަހު އެ ކްލިނިކުން ރިލީސް ސާމްޕަލް ނަގާނީ ހަވީރު 5:00ން ރޭގަނޑު 9:00 އަށެވެ.

މާލޭގަ ރިލީސް ސާމްޕަލް ނަގާނީ ފްލޫ ކްލިނިކްގައި އެކަންޏެވެ. ހުޅުމާލެ އާއި ވިލިމާލޭގައި ހުންނަ ފްލޫ ކްލިނިކުން ރިލީސް ސާމްޕަލް ނެގޭނެ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

https://twitter.com/HPA_MV/status/1335257887082352641

މާލެ ހިޔާ2 ފުރަގަހުގައި ހުންނަ ފްލީ ކްލިނިކު ހިންގުން ހުއްޓާލައި އައިޖީއެމްއެޗަށް އެ ހިދުމަތް ވަނީ ބަދަލުކޮށްފައި އެވެ. އެ ކްލިނިކް ބަންދު ކުރީ ރާއްޖޭގައި ކޯވިޑްގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެފައިވާތީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް