މާލެއަށް ވާރޭވެހުނު ދުވަހެއް -- ދުވަސް ފޮޓޯ: އަޒްމީ އަލީ
ކުރިއަށްއޮތް 5 ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.
އެ އިދާރާއިން ލަފާކުރާ ގޮތުގައި، މޫސުން ގޯސްވާނީ މާދަމާއިން ފެށިގެން ބުދަ ދުވަހާ ހަމައަށެވެ. ޢެއީ ޙުޅަނގު މޫސުމުގެ ބާރު ގަދަވާތީ އެވެ.
މެޓުން ބުނީ ކުރިއަށްއޮތް 5 ދުވަހުވެސް އެ ދުވަސްތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ބައެއް ސަރަހައްދުތަކަަށް ކެރީގެ އަސަރު ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ އިދާރާއިން ލަފާކުރައްވައެވެ.
މޫސުން ގޯސްވިނަމަވެސް، މި ދުވަސްތަކުގައި އާންމު ވައި ގަދަވާނެ ކަމަށް ލަފާނުކުރެވޭ ކަމަށް އެ އިދާރާއިން ބުނެ ޢެވެ. އެގޮތުން އާންމު ވައި ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި އުޅުނުނަމަވެސް، މިލާގަނޑުގައި ގަޑިއަކު 40 މޭލަަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވައެވެ.
ވިއްސާރައިގައި ކަނޑުތައް ގަދަވާނެތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތުތައް އެއިދާރާއިން ހިއްސާކުރައްވަމުންގެންދަވާނެ ކަމަށް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް