ޕިކްނިކް އައިލެންޑު ބިން ހިއްކަން ތައްޔާރުވެއްޖެ، އަންނަ މާޗު މަހު މަސައްކަތް ނިމޭނެ

ކ. ކުޑަގިރި ޕިކްނިކް އައިލެންޑުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ފަށަން ތައްޔާރު ވެއްޖެ އެވެ. މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ. އެ ކުންފުނިން ބުނީ އެ މަސައްކަތްތައް...

06 Nov 2021 | 18:11

ކ. ކުޑަގިރި ޕިކްނިކް އައިލެންޑުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ފަށަން ތައްޔާރު ވެއްޖެ އެވެ.

މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ. އެ ކުންފުނިން ބުނީ އެ މަސައްކަތްތައް ފެށުމަށް ތައްޔާރުވުމުގެ ގޮތުން މިއަދު ޕްރޮޖެކްޓު ސައިޓް މޮބިލައިޒް ކޮށްފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން އަށް ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެ އެވެ. 397،27 މީޓަރުގެ ބޮޑުހިލައިގެ ބޭރު ތޮށިލުމާއި 428،32 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓު ޖެހުމަށް ހަމަޖެހިފައިވެ އެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ހުރިހާ މަސައްކަތެއް އަންނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.

މިއީ 41.48 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ.

އެމްޓީސީސީން މިއަހަރުގެ މިހާތަނަށް 17 މަޝްރޫއުގެ މަސައްކަތް ވަނީ ނިންމާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް