އަތޮޅުތަކުން 96 މީހުންނާއެކު 119 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ފާއިތުވި 24 ގަޑި އިރ،ު އަތޮޅުތަކުން 96 މީހުންނާއެކު 119 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބަށް ބަލާ އިރު، ޕޮޒިޓިވްވެފައިވަނީ އަތޮޅުތަކުން 96 މ...

06 Nov 2021 | 17:21

ފާއިތުވި 24 ގަޑި އިރ،ު އަތޮޅުތަކުން 96 މީހުންނާއެކު 119 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބަށް ބަލާ އިރު، ޕޮޒިޓިވްވެފައިވަނީ އަތޮޅުތަކުން 96 މީހުންނާއި މާލެ ސަރަޙައްދުން 18 މީހުންނާއި ރިސޯޓްތަކުން 5 މީހުން ނެވެ.

އެހެންކަމުން ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދުވަނީ 88،635 އަށް އަރާފަ އެވެ.

ރާއްޖެއިން މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދަނީ 2،075 މީހުން ނެވެ. އަދި މީގެތެރެއިން 28 މީހުންނަށް ފަރުވާދެމުންނައަންނަނީ ފެސިލިޓީތަކުގަ އެވެ.

ފާއިތުވި 24 ގަޑިއިރު މިބަލިން 12 މީހުން ރަނގަޅުވެ، މިބައްޔަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން 86،302 މީހުން ވަނީ ރަނގަޅުވެފަ އެވެ.

މިބަލީގައި މިހާތަނަށް 245 މީހުން ރާއްޖޭގައި ވަނީ ނިޔާވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް