އެމްއެންޕީގެ އޮފީސްތައް އަތޮޅުތަކަށް - އައްޑު ސިޓީގައި އޮފީހެއް ހުޅުވައިފި

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ އޮފީސްތައް އަތޮޅުތެރޭގައި ހުޅުވުމުގެ ސިލްސިލާގެ ދަށުން އައްޑޫ ސިޓީގައި އެ ޕާޓީގެ އޮފީހެއް ހުޅުވައިފި އެވެ. އެ ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުން އައްޑު ސިޓީ އަދި ފުވައ...

06 Nov 2021 | 15:41

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ އޮފީސްތައް އަތޮޅުތެރޭގައި ހުޅުވުމުގެ ސިލްސިލާގެ ދަށުން އައްޑޫ ސިޓީގައި އެ ޕާޓީގެ އޮފީހެއް ހުޅުވައިފި އެވެ.

އެ ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުން އައްޑު ސިޓީ އަދި ފުވައްމުލައް ސިޓީއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މި އޮފީސް ހުޅުވައިދެއްވީ ޕާޓީގެ ރައީސް ކާރނަލް ރިޓަޔަރޑް މުހައްމަދު ނާޒިމެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ޒުވާނުންގެ ލައުންޖެއް ވެސް ވަނީ ހުޅުވާފަ އެވެ.

މި ރަސްމިއްޔާތުގައި ނާޒިމް ވިދާޅުވީ އެމްއެންޕީން ތައްޔާރުކުރާ މެނިފެސްޓޯގައި އައްޑޫ އަތޮޅުގެ ތަރައްގީއަށް ގިނަ ކަންތައްތަކެއް ހިމަނާނެ ކަމަށެވެ.

"އެންމެ މުހިންމު އެއް ކަމަކީ އައްޑޫގައި އޮތް އިންޓަރނޭޝަނަލް އެއަރޕޯޓް އިތުރަށް ތަރައްގީކުރުން. އެއާއެކު އައްޑޫ އަތޮޅުގެ ފަތުރުވެރިކަން ވަރަށް ބޮޑަށް ކުރިއަށްދާނެ. އެއީ އައްޑޫ އަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް." ނާޒިމް ވިދާޅުވި އެވެ.

އެމްއެންޕީގެ މި ދަތުރުގައި އައްޑޫ ފޭދޭ، މަރަދޫ ފޭދޫ، މަރަދޫ، އަދި ހިތަދޫއަށް މިހާރުވަނީ ޒިޔާރަތްކޮށްފަ އެވެ.

މި ދަތުރުގައި ހިތަދޫގައި ވެސް އެ ޕާޓީގެ އޮފީހެއް ހުޅުވާފަ އެވެ.

މިއީ ރާއްޖޭގެ ހުރިހާ ރަށަކަށް އެޕާޓީން ފަށާފައިވާ ސިލްސިލާ ދަތުރުތަކުގެ ތެރޭގައި ހިމެނޭ ދަތުރެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް