މަތިވެރީގައި މީހަކަށް އަނިޔާ ކުރި މައްސަލައިގަ ޖާބިރުގެ ދެ ކޮއްކޮ ހައްޔަރު ކޮށްފި

އއ. މަތިވެރީގައި ހޮޓަލަކަށް ވައްދައި މީހަކަށް އަނިޔާ ކުރި މައްސަލައިގަ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ދެ ކޮއްކޮ ހައްޔަރު ކޮށްފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަތިވެރީގައި މީހަކަ...

06 Nov 2021 | 14:20

އއ. މަތިވެރީގައި ހޮޓަލަކަށް ވައްދައި މީހަކަށް އަނިޔާ ކުރި މައްސަލައިގަ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ދެ ކޮއްކޮ ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަތިވެރީގައި މީހަކަށް އަނިޔާ ކުރި މައްސަލައިގަ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މައްސަލައިގަ ހައްޔަރު ކުރީ 31 އަހަރުގެ ދިވެހި ފިރިހެނަކާއި 37 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެމީހުން ހައްޔަރު ކުރީ މަތިވެރިންނެވެ. މި މައްސަލައިގަ ހައްޔަރު ކުރީ ޖާބިރުގެ އެއްބަނޑު ކޮއްކޮ އަލީ އަސްރާރާއި މުހުލިސް އަބްދުލް އަޒީޒެވެ. ޖާބިރު ވަނީ އޭނާގެ ދެ ކޮއްކޮ ފުލުހުން ހައްޔަރު ކުރި ކަމަށް މީޑިއާގައި ވިދާޅުވެފައި އެވެ.

އެމީހާއަށް އަނިޔާ ކުރިކަމަށް ވަނީ ޖާބިރުގެ ކާސީމިއާ ގެސްޓް ހައުސްގެ ކޮޓަރިއަކަށް ގަދަ ކަމުން ވެއްދުމަށް ފަހު އެވެ. އެމީހާ އެ ތަނަށް ވައްދާތަން ފެނުނު މީހުންވެސް އެ ރަށުގައި އެބަތިބި ކަމަށް މަތިވެރީ ކައުންސިލުން އެ ދުވަހު މީޑިއާގައި ބުނެފައިވެ އެވެ.

ފުލުހުން އެ ދުވަހު ބުނީ އެމީހާއަށް މާބޮޑު އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ. އެކަމަކު މަތިވެރީ ކައުންސިލުން ބުނީ އަނިޔާ ލިބުނު މިހާގެ ލޯމަތި ދުޅަވެފައިވާއިރު ނޭފަތުންވެސް ވަރަށް ގިނަ ލޭ އައިސް ސިއްހީ މަރުކަޒުންވެސް ފަރުވާދިން ކަމަށެވެ.

ޖާބިރާއި މަތިވެރި ރައްޔިތުންނާއި މެދު ހިތްހަމަ ނުޖެހުން އުފެދިގެން އުޅެނީ 2017 ވަނަ އަހަރުން ފެށިގެން އޭނާގެ ގެސްޓު ހައުސްގެ ބިމު ކުލި ކައުންސިލަށް ނުދައްކާތީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް