އިންޑިއާގައި މުސްލިމަކު ޤުރުއާން ކިޔަވަން އިންދަ ބަޑި ޖަހާ މަރާލި ހާދިސާއަށް މަހެއް ވީއިރު މައްސަލަ އޮބިއްޖެ އެވެ.
މި ހާދިސާ ހިނގާފައިވަނީ އުއްތަރް ޕްރަދޭޝްގެ ސިދާތްނަގަރްގެ ވިލެޖެއްގައި އެވެ. އުމުރުން 55 އަހަރުގެ އެ ފިރިހެން މީހާ މަރާލީ ފަތިސް ނަމާދުކޮށްގެން މިސްކިތުގައި ޤުރުއާން ކިޔަވަން އިންދަ އެވެ.
އެ ސަރަހައްދުގެ ފުލުހުން ބުނީ އެމީހާއަށް ހަމަލާ ދިނީ ކާކުކަށް ނޭނގޭ މީހެއް ކަމަށެވެ. އަދި އެމީހާ އަތުލައިގަނެވިފައި ނުވާ ކަމަށެވެ.
މި ހަމަލާ އާއި ގުޅިގެން އެ މުސްލިމް މީހާގެ ޕޯސްޓްމޯޓަމްވެސް ހަދާފައިވެ އެވެ. އެކަމަކު އޭގެ ފަހުން އެ މައްސަލައިގެ އެއްވެސް ހަބަރެއް ނުވެ އެވެ.
މި މައްސަލައިގަ އިންޑިއާގެ މުސްލިމް ޖަމިއްޔާތަކާއި ބައިނަލް އަގުވާމީ މުސްލިމް ކޮމިއުނިޓީތައް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެމީހުން ބުނަމުންދަނީ މުސްލިމުންނާއި މެދު ހިންގާ މިފަދަ ލާއިންސާނީ އަމަތުތައް ތަހުގީގުކޮށް އިންސާފު ހޯދައިދޭން ޖެހޭ ކަމަށެވެ.
މުސްލިމުންނާއި މެދު މިފަދައިން އަމަލު ކުރުމަކީ މިހާރު އިންޑިއާގައި އާންމު ކަމެކެވެ. އެއްވެސް ކުށެެއް ނެތް އެތައް މުސްލިމުން މެރުމާއި، އަނިޔާ ކުރުމާއި މުޖުތަމައުގަ މުސްލިމުންނާއި މެދު ތަފާތު ކުރުން ގެންގުޅުމަކީ ކޮންމެ ދުވަހަކު ކުރިމަތިވަމުން އަންނަ މައްސލަތަކދވެ.
އިންޑިއާގައި މުސްލިމުން މިހާރު ކެޓަގަރީ ކުރަނީ އެންމެ ފަގީރު އާދައިގެ ދަލިތުންގެ ގޮތުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް