އއ. މަތިވެރީގައި ހިންގާ ގެސްޓު ހައުސްއެއް ކަމަށްވާ ކާސާ މިއާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހާދިސާގެ ރިޕޯޓު ފުލުހުންނަށް ކުރީ ރޭ ފަތިހު 5:00 ހާއިރު ކަމަށެވެ. ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ނުވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
މި ގެސްޓު ހައުސްއަކީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ގެސްޓު ހައުސްއެކެވެ. 2019 ވަނަ އަހަރުވެސް އެތަނުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވެ އެވެ.
ރޭ ރޯވެފައިވަނީ އެ ގެސްޓް ހައުސްގެ ގޯތިތެރޭ ބިއްދޮށުގައި ވަކިން ހަދައިފައި ހުރި ދެ ބުރި އިމާރާތެއް ތިރީ ބައިގަ އެވެ. އަލިފާން ރޯވެފައިވަނީ ކަރަންޓު ބޯޑެއްގައި އެވެ.
މި އަލިފާނުގެ ހާދިސާ މި ހިނގީ މިދިޔަ ބުރަސްފަތި ދުވަހު މެމްބަރު ޖާބިރާ އެކު އެ ރަށަށް ދިޔަ ބަޔަކު، އެ ރަށުގައި ދިރިއުޅޭ މީހަކަށް އަނިޔާކުރިކަމަށް ތުހުމަތުވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް