ރައްޔިތުންގެ މެދުގައި ހަމަހަމަ ކަމާއި އެކު ހިދުމަތް ދޭނަމަ، ސިވިލް ސަރވިސް މުވައްޒަފުންނަށް މިނިވަންކަމާއި އެކު ސިޔާސީ ކަންކަމުގައި އުޅެވެން ވާނެ ކަމުގައި ދެކޭ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
ޔޫތް މިނިސްޓަރު މަހްލޫފް މިހެން ވިދާޅުވެފައި މިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. މި ޓްވީޓް ކުރައްވާފައި މިވަނީ ސިޔާސީ ހަރަކާތެއްގައި ބައިވެރިވެއްޖެނަމަ ވަޒީފާއިން ވަކިކުރެވޭ ގޮތަށް ސިވިލް ސާވިސް ގަވާއިދު އިއްޔެ އިސްލާހް ކުރުމާ ގުޅިގެންނެވެ.
އެ ޓްވީޓްގައި މަހްލޫފް ވިދާޅުވެފައި ވަނީ ސަރުކާރުގެ މަސައްކަތްތަކަށް ހުރަސް ނާޅާ، ރައްޔިތުންގެ މެދުގައި ހަމަހަމަ ކަމާއި އެކު ހިދުމަތް ދެމުންދާ ކަމުގައިވާނަމަ، ސިވިލް ސަރވިސް މުވައްޒަފުންނަށް މިނިވަންކަމާއި އެކު ސިޔާސީ ކަންކަމުގައި އުޅެވެން ވާނެ ކަމުގައި ދެކޭ ކަމަށެވެ.
މަހްލޫފް އިތުރަށް ވިދާޅުވީ ޔޫތު މިނިސްޓްރީގައި ވެސް ތަފާތު ސިޔާސީ ފިކުރުގެ ބޭފުޅުން ތިއްބަވާ ކަމުގައެވެ. ނަމަވެސް މަސައްކަތުގެ ސްޕީޑް ހުރީ ރަނގަޅަށް ކަމުގައެވެ.
އިއްޔެ ގެޒެޓް ކުރެވުނު މި އިސްލާހަށް ވަނީ އާންމު ރައްޔިތުންނާއި ބޮޑެތި މަޤާމްތަކުގައި ތިއްބެވި ސިޔާސީ ބޭފުޅުންގެ ފާޑު ކިޔުން ތައް ވެސް އަމާޒުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް