މޫސުން ގޯސްވެ މުޅި ރާއްޖެއަށް ވައިޓް އެލާޓު ނެރެފި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭތީ މެންދުރު ފަހު 2:00 ން މިރޭ 8:00 އާއި ހަމައަށް ވައިޓް އެލާޓު ނެރެފައިވާ ކަމަށެވެ.
މިވަގުތުތުަކުގައި ރާޢްޖޭގެ ހުރިހާ ހިސާބަކަށް ވައި ޖެހޭނެ ކަމަށް ލަފާ ކުރަނީ 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި އެވެ.
އަދި ވިލާގަނޑުގައި ހުރިހާ ހިސާބަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.
މެޓް އޮފީހުން ބުނީ ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށެވެ. އަދި ހުރިހާ ކަނޑެއްވެސް ގަދަވާނެ ކަމަށް ލަދާ ކުރެ އެވެ.
މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުވުމަށް ކަނޑުދަތުރު ކުރާ ފަރާތްތަކަށް އިލްތިމާސް ކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް