ކޯވިޑަށް 39 މީހަކު ޕޮސިޓިވްވެ، 31 މީހަކު ބަލިން ރަނގަޅުވެއްޖެ

މިއަދު ކޯވިޑް-19 އަށް ޕޮސިޓިވްވީ 39 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕޕީއޭ) އިން ބުނެފި އެވެ. މިއަދު ޕޮސިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެއިން ޕޮސިޓިވްވި 32 މީހުންނާއި އަތޮޅުތެރެއި...

06 Nov 2020 | 17:26

މިއަދު ކޯވިޑް-19 އަށް ޕޮސިޓިވްވީ 39 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕޕީއޭ) އިން ބުނެފި އެވެ.

މިއަދު ޕޮސިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެއިން ޕޮސިޓިވްވި 32 މީހުންނާއި އަތޮޅުތެރެއިން ޕޮސިޓިވްވި ހަތް މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ 20 ދިވެހިންނާއި 19 ބިދޭސީންނެވެ.

މިއަދު 1،473 ސާމްޕަލެއް ކޯވިޑަށް ޓެސްޓުކޮށްފައިވެ އެވެ.

ކޯވިޑް ޖެހިގެން ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ 845 އެވެ. އޭގެ ތެރެއިން 54 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 212 މީހުންނެވެ.

މިއަދު 31 މީހަކު ކޯވިޑުން ރަނގަޅުވެފައިވެ އެވެ. އަދި މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެެއިން 11،041 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ.

ކޯވިޑަށް ޕޮސިޓިވް މީހުން މިވަގުތު ތިބީ 15 ރަށެއްގައި އެވެ. އޭގެ ތެރޭގައި ހިމެނެނީ ހަ ދިވެހިންނާއި 14 ބިދޭސީންނެވެ.

28 ރިސޯޓެއްގައި ޕޮސިޓިވް މީހުން ތިބި އިރު އޭގެ ތެރޭގައި ހިމެނެނީ 52 ޓޫރިސްޓުންނާއި 120 މުވައްޒަފުންނެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ 11،932 މީހުންނެވެ. އޭގެ ތެރެއިން 39 މީހަކު ވަނީ މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް