ސްރީލަންކާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު ބާރަހާހަށް އަރައިފި

ސްރީލަންކާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 12،000 އަށް އަރައިފި އެވެ. އެގައުމުގެ ހެލްތް މިނިސްޓްރީން ހާމަކޮށްފައިވާގޮތުން ލަންކާއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 12،750 ...

06 Nov 2020 | 14:28

ސްރީލަންކާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 12،000 އަށް އަރައިފި އެވެ.

އެގައުމުގެ ހެލްތް މިނިސްޓްރީން ހާމަކޮށްފައިވާގޮތުން ލަންކާއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 12،750 އަށް އަރާފަ އެވެ.

ބުރާސްފަތި ދުވަހުވެސް ލަންކާއިން 383 މީހަކު ޕޮޒިޓިވް ވެފައިވާ އިރު، ބުރާސްފަތި ދުވަހު ޕޮޒިޓިވްވި އެންމެންނަކީވެސް މިނުވަންގޮޑާ ކްލަސްޓާއާ ގުޅުންހުރި މީހުންކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތު ދެ އެވެ.

ފާއިތުވި ތިން ހަފްތާގެ ތެރޭގައި ބަލިޖެހޭ މީހުންގެ ޢަދަދު ލަންކާގައި އިތުރުވާން ފެށުމާއެކު ވެރިރަށް ކޮލޮމްބޯގައި މިހާރު އިއުލާންކޮށްފައިވާ ލޮކްޑައުން އުސޫލުތައް މިހިނގާ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހާއި ހަމައަށް ދެމެހެއްޓުމަށް އެ ޤައުމުގެ ސަރުކާރުން ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން ސްރީލަންކާގެ ސަރުކާރުން ވަނީ އަމިއްލައަށް ގޭގައި ކަރަންޓީނުވެފައިވާ ޢާއިލާތަކަށް 10،000 ރުޕީސް އަށްވާ ވަރަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ ޙަރަކާތަކެއްވެސް ވަނީ ފަށައިފަ އެވެ. މި ތަކެތި އެމީހުންނަށް ފޯރުކޮށްދޭނީ އެގައުމުގެ ސަލާމަތީ ބާރުތަކުގެ އެހީތެރިކަމާއި އެކުގައި ކަމަށް ސަރުކާރާ ހަވާލާދީ ޚަބަރުތަކުން ބުނެ އެވެ.

ލަންކާއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާތަނަށް 6623 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. ވައިރަސްގެ ސަބަބުން އެގައުމުން މަރުވި މީހުންގެ ޖުމްލަ އަދަދަކީ 29 އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް