މާލޭ ހެންވޭރުގައި ހުރި ގަރާޖެއްގައި ރޯވި އަލިފާން ނިއްވާލައިފި އެވެ.
ފުލުހުން ބުނީ ހ. އޮއޭސިސް ވިއު ގައި ހުންނަ ގަރާޖެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 4:10 އެހާކަންހާއިރު ކަމަށެވެ. އަދި އަލިފާން ރޯވި ސަރަހައްދަށް ފުލުހުން ދިޔަ އިރު އެ އަލިފާންގަނޑު ވަނީ ނިއްވާލާފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންތައްތައް މިހާރު ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް