ހޮންކޮންގުފެ ޕިޗް ރޭޓިންއިން ރާއްޖެ އަށް ދީފައިވާ ކްރެޑިޓް ރޭޓިން "ސީސީސީ" އަށް ދަށްކޮށްފި އެވެ.
ފިޗްއިން އެންމެ ފުރަތަމަ ރާއްޖެއަށް ދީފައިވަނީ "ބީ ޕްލަސް" ރޭޓިން އެވެ. އެއީ އޭރު އިގްތިސާދީ ދުވެލީގެ ތަސައްވުރު ރަނގަޅު ވުމާއި ބާރު ދުވެލީގައި ޓޫރިޒަމް އިންޑަސްޓްރީ ކުރިއަރަމުން ދިއުން އަދި ދައުލަތުގެ އާމްދަނީ އިތުރު ކުރުމުގެ ގާބިލްކަން ލިބިފައި ވުމުންނެވެ.
އެކަމަކު މިފަހަރު ފިޗްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައި މިވަނީ، ދަރަނި އިތުރުވެފައި ވުމުންނާއި އިގުތަސޯދީ ކުރިމަގު ވަރަށް ބަނަކޮށް ފެންނާތީ އާއި ކޮވިޑް-19 އާއި ގުޅިގެން އިގްތިސޯދަށް ދިމާވެފައިވާ ދަތި ހާލަތުގައި ވެސް އިގްތިސޯދީ ގޮތުން ރަނގަޅު ފިޔަވަޅުތަކެއް އެޅުމުގެ ބަދަލުގައި ލޯނު ނަގައިގެން އިންފްރާސްޓަކްޗާ އަށް ހަރަދު ކުރަމުން ގެންދާތީ އެވެ.
ކްރެޑިޓް ރޭޓް ދަށްކުރިކަން އަންގުމުގެ ގޮތުން ފިޗްއިން ނެރުނު ބަޔާނު ވަނީ ރާއްޖޭއަށް ބޭރު ފައިސާ ލިބޭ މިންވަރު ދަށްވުމުން ކަންބޮނޑުވާކަމަށް ބުނެފަ އެވެ. އަދި ޓޫރިޒަމް އިންޑަސްޓްރީ 2021 ވަނަ އަހަރު ކުރިއެރި ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން ދިމާވެފައިވާ ހާލަތުން އަރައިގަނެ ކުރީގެ ހާލަތައް ރުޖޫއަ ވެވޭނީ 2022 ވަނަ އަހަރު ކަމަށެވެ. 2022 ވަނަ އަހަރުގެ ޖޫން މަހު 250 އެމެރިކާ ޑޮލަރުގެ ބޮންޑެއް މެޗްއާ ވާން ތައްޔާރު ވެފައިވާއިރު އެފައިސާ ދައްކަން ސަރުކާރުން އެކަށީގެންވާ ވަރަށް ތައްޔާރުވަމުން ނުދާކަން ފާހަގަކޮށް އެކަމުގެ ކަންބޮޑުވުން ވެސް ވަނީ ފާޅުކޮށްފަ އެވެ.
ފިޗުއިން ރާއްޖޭގެ ރޭޓިން ސީސީސީއަށް ދަށްކުރުމުގެ ސަބަބުން ބޭރު ގައުމުތަކުންނާއި މާލީ އިދާރާތަކުން ލޯނު ހޯދުމަށް އުދަގޫތަކެއް ކުރިމަތިވާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް