ކޯވިޑް ކޭސްތައް އިތުރުވާތީ، 3 ހަފުތާއަށް ގްރީސް ފުރަބަންދަކަށް ދާން ނިންމައިފި

ކޯވިޑް ކޭސްތައް އިތުރުވާތީ، 3 ހަފުތާއަށް ގްރީސް ފުރަބަންދަކަށް ދާން ނިންމައިފި އެވެ. އެގައުމުގެ ބޮޑުވަޒީރު ކިރިޔާކޯސް ވިދާޅުވީ ފާއިތުވި ފަސް ދުވަހުގެ ތެރޭގައި ބަލިޖެހޭ މީހުންގެ ޢަދަދު ވަރަށް ބޮޑަށް އި...

06 Nov 2020 | 09:53

ކޯވިޑް ކޭސްތައް އިތުރުވާތީ، 3 ހަފުތާއަށް ގްރީސް ފުރަބަންދަކަށް ދާން ނިންމައިފި އެވެ.

އެގައުމުގެ ބޮޑުވަޒީރު ކިރިޔާކޯސް ވިދާޅުވީ ފާއިތުވި ފަސް ދުވަހުގެ ތެރޭގައި ބަލިޖެހޭ މީހުންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އަދި ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް މަޖުބޫރުވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މި ޙާލަތުގައި ޤައުމު ފުރަބަންދު ނުކޮށްފިނަމަ ޤައުމުގެ ޞިއްޙީ ނިޒާމަށް ބާރުބޮޑުވެ ހިފަހައްޓާނުލެވޭނެކަމަށެވެ.

"ފިޔަވަޅު އެޅުން ލަސްކުރުމުގެ ބަދަލުގައި މިހާރުން މިހާރަށް ފިޔަވަޅު އަޅައި، ތިން ހަފުތާގެ މުއްދަތަށް ޤައުމު ފުރަބަންދުކުރުމަށް ވަނީ ނިންމާފަ. މިހާތަނަށް 49،807 މީހުންނަށް މި ބަލި ޖެހި، 702 މީހުންވަނީ މަރުވެފަ. ފާއިތުވި ހަފުތާގެ ތެރޭގައި ބަލިޖެހޭ މީހުންގެ ޢަދަދުވަނީ ވަރަށް ބޮޑަށް އިތުރުވެފަ. އެހެންވީމަ ފުރަބަންދަކަށް ދާން މަޖުބޫރުވެއްޖެ މިހާރު." ބޮޑުވަޒީރު ކިރިޔާކޯސް ވިދާޅުވި އެވެ.

ފާއިތުވި ހަފުތާގެ ތެރޭގައި ބަލިޖެހިފައިވާ މީހުންގެ ޢަދަދު 20 އިންސައްތައިން އިތުރުވެފައިވާކަމަށް ގްރީސްގެ ރަސްމީ ފަރާތްތަކުންވަނީ ބުނެފައެވެ.

މިދިޔަ މެއި މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން 42 ދުވަހުގެ މުއްދަތަށް ގްރީސް ފުރަބަންދުކުރި އެވެ. އަދި އެއަށްފަހު ޙާލަތު ރަނގަޅުވާން ފެށުމުން މަޑުމަޑުން ފިޔަވަޅުތަކަށް ލުއިދީ ވިޔަފާރިތައްވަނީ އަލުން ފަށައިފައެވެ.

ނަމަވެސް މި ލުޔާއެކު އެގައުމުގައި އަނެއްކާވެސް ކޯވިޑްގެ ކޭސްތައް މިވަނީ އިތުރުވާން ފަށާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް