ފްރެންޗް ފްރައިސް ނުވަތަ ތެލުލި އަލުވި ކާމީހުން މަރުވުމުގެ ފުރުސަތު ދެގުނައަށް އިތުރުކަމަށް ދާދި ފަހުން އެމެރިކާގައި ކުރި ދިރާސާއަކުން ދައްކައިފިއެވެ.
އުމުރުން 45 އާއި 79 އަހަރާ ދެމެދުގެ މީހުން ބައިވެރި ކޮށްގެން އަލުވިކާމިންވަރު ބަލަން ހެދި މި ދިރާސާގައި އާންމު ދިރިއުޅުމުގައި ހަފްތާއަކު އެމީހަކު އަލުވިކަނީ ކިހަވަރަކަށް ކަމަށް ބަލައިފައިވެއެވެ. އެވަރަށް ބެލުމަށްފަހު ދިރާސާގެ ބައިވެރިންވަނީ ގްރޫޕުތަކަކަށް ބަހައިފައެވެ. މިދިރާސާ އަށް އަހަރަށް ކުރިއަށް ގެންގޮސްފައިވެއެވެ. އެ އަށް އަހަރުގެތެރޭގައި 236 މީހުން ވަނީ މަރުވެފައެވެ.
ޑޮކްޓަރ ނިކޯލާ ވެރޮނީސް އާއި އެނާގެ ޓީމުން ހެދި މި ދިރާސާގައި ބުނެފައިވާ ގޮތުގައި ތެލުލި އަލުވިގެ ގޮތުގައި މިދިރާސާގައި ބަލާފައިވަނީ ހަމައެކަނީ ފްރެންޗް ފްރައިޒެއް ނޫނެނެވެ. އޭގެ އިތުރުން އަލުވި ‘ފްރައި’ ކޮށްގެން ކެވޭ އެހެނިހެން ކާއެއްޗެހިވެސް ހިމަނާފައިވެއެވެ. މިދިރާސާއިން ވެރޮނީސްގެ ޓީމަށް އެއްކުރެވުނު މައުލޫމާތު ބޭނުންކޮށްގެން އެމީހުން ރިޕޯޓެއް ތައްޔާރު ކުރިއެވެ. ވެރޮނީސް ބުނިގޮތުގައި ތެލުލި އަލުވިއަކީ ގިނަމީހުންގެ ސިއްޙަތަށް އެހާފައިދާ ހުރި އެއްޗެއް ނޫންކަން އެނގުނު ކަމަށެވެ. ނަމަވެސް މިކަމަށް ސައިންސްގެ އަލީގައި މާބޮޑަށް ބެލިފައި ނުވާކަން އޭނާ ފާހަގަ ކުރިއެވެ.
މިދިރާސާހެދި ޓީމުން ބުނެފައިވަނީ ތެލުގައި ޓްރާންސް-ފެޓްގެ މާއްދާ އިތުރަށް ހުރުމަކީ މީހާގެ ސިއްޙަތަށް ގެއްލުންހުރި ކަމެކެވެ. އެގޮތުން ހަށިގަންޑުގައި ‘ބޭޑް ކޮލެސްޓްރޯލް’ އިތުރުވުމުން ހިތުގެ ބަލިތައް ގިނަވާކަން ފާހަގަކުރެވިފައިވެއެވެ. އެހެންކަމުން މީހާގެ ފުރާނައަށް ނުރައްކާވާ މިންވަރު އިތުރުވެގެން ދެއެވެ.
އަލުއްވަކީ އޭގެޒާތުގައި ސިއްޙަތައް ވަރަށް ފާއިދާ ހުރި އެއްޗެކެވެ. އަލުވި އެބަޔަކު ތައްޔާރުކުރާ ގޮތުން އޭގައި ހުންނަ ސިއްހަތަށް ފާއިދާވާ މާއްދާތަކަށް ނޭދެވޭ އަސަރު ކުރެއެވެ.
އެގޮތުން އެއްޗެއް ތެލުލުމުގައި ދިމާވާ އެންމެ ބޮޑު ނުރައްކަލަކީ އެ އެއްޗެއް ތެލުލުމުގައި މާ ބޮޑަށް ރަތްވެ އެންދުމުން އުފެދޭ މާއްދާއެއް ކަމުގައިވާ ‘އެކްރިލްއެމައިޑް’ ނަމަކަށް ކިޔާ މާއްދާއެއް އުފެެދެއެެވެ. ދިރާސާ ތަކުން ދައްކާ ގޮތުން މި މާއްދާއަކީ ކެންސަރަށް މަގުފަހިވާ މާއްދާއެކެވެ. އެހެން ކަމުން ކޮންމެ އެއްޗެއް ތެލުލިޔަސް އެ ކާންވާނީ ބަލައިގެންނެވެ.
ވީމާ ކޮންމެ ބާވަތެއްގެ އެއްޗެއް ކާން ބޭނުންކުރިޔަށް ސިއްޚަތަށް ބަލައިގެން ކެއުމަށް ސަމާލުވުން މުހިންމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް