ޝެއިހް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި ބާއްވަނީ

މަޝްހޫރު ދީނީ އިލްމުވެރިޔާ މުހައްމަދު އިބްރާހިމް (ނައިފަރީ) ގެނެސްދެއްވާ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ފާދިއްފޮޅު ހިންނަވަރުގައި ކުރިއަށް ގެންދަން ނިންމައިފި އެވެ. މީގެ ދެ އަހަރު ކުރީން 2024 ...

06 Oct 2026 | 15:53
ޝްހޫރު ދީނީ އިލްމުވެރިޔާ މުހައްމަދު އިބްރާހިމް (ނައިފަރީ) ގެނެސްދެއްވާ "މަގޭ ސުވާލަކީ" ޕްރަގްރާމްގެ ތެރެއިން --

ޝްހޫރު ދީނީ އިލްމުވެރިޔާ މުހައްމަދު އިބްރާހިމް (ނައިފަރީ) ގެނެސްދެއްވާ "މަގޭ ސުވާލަކީ" ޕްރަގްރާމްގެ ތެރެއިން --

މަޝްހޫރު ދީނީ އިލްމުވެރިޔާ މުހައްމަދު އިބްރާހިމް (ނައިފަރީ) ގެނެސްދެއްވާ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ފާދިއްފޮޅު ހިންނަވަރުގައި ކުރިއަށް ގެންދަން ނިންމައިފި އެވެ.

މީގެ ދެ އަހަރު ކުރީން 2024 ވަނަ އަހަރު ފެށި "މަގޭ ސުވާލަކީ" ޕްރަގްރާމަކީ އާންމުންގެ މެދުގައި ވަރަށް މަގުބޫލު ޕްރަގްރާމެކެވެ. ޔޫޓިއުބުލް މެދުވެރިކޮށް ވަގުތުން ގެނެސްދޭ މި ޕްރަގްރާމްގެ 99 ވަނަ އެޕިސޯޑް ރޭ ވަނީ ގެނެސްދީފަ އެވެ.

މިހާތަނަށް މި ޕްރަގްރާމް މެދުވެރިކޮށް 1800 ވުރެ ގިނަ ސުވާލަށް ޝެއިހް ވަނީ ވަރަށް ފުރިހަމަ، ތަފްސީލު ޖަވާބުތަކެއް ދެއްވާފަ އެވެ.

"މަގޭ ސުވާލަކީ" ޓީމުން ބުނީ 100 ވަނަ ޕްރަގްރާމް ވަރަށް ޚާއްސަ ޕްރަގްރާމެއްގެ ގޮތުގައި ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ހިންނަވަރުގައި އެ ޕްރޮގްރާމް އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރޭ ކަމަށާއި ޕްރޮގްރާމް އެ ރަށުގައި ކުރިޔަށް ގެންދަނީ ކައުންސިލާއި މުއައްސަސާތައް ގުޅިގެން ކަމަށް މައުލޫމާތުދެ އެވެ.

އެރޭގެ ޕްރަގްރާމުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ. ހިންނަވަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމްގައި ރައްޔިތުން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެ އެވެ.

އެއްގަޑިއިރާއި 15 މިނެޓަށް ކުރިއަށް ގެންދާ މި ޕްރަގްރާމް ވީހާވެސް ގިނަ ޕްލެޓްފޯމްތަކުން ވަގުތުން ދުރަށް ދެއްކުމަށް މަސައްކަތް ކުރަމުންދާ ކަމަށް މައުލޫމާތުދެ އެވެ. އެގޮތުން ޓީވީ ސްޓޭޝަންތަކާއި އެހެނިހެން މީޑިއާތައް ހިމެނެ އެވެ.

މިއީ ޝެއިހް މުޙައްމަދު އިބްރާހިމްގެ ލޮލުގެ ފެނުން ގެއްލުނު ފަހުން މިފަދަ ހަރަކާތަކަށް ރަށުން ބޭރަށްދާ ފުރަތަމަ ފަހަރެވެ. އޭގެ ކުރިން ވަރަށް ގިނައިން ޝެއިހް ގެންދެވީ ހިންވަރާއި ކައިރި އެހެން ރަށްރަށަށް ޒިޔާރަތްކޮށް ދަރުސްތައް ބާއްވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް