ދ. އަތޮޅު ރިސޯޓެއްގައި މޫދަށް އެރުނު ދެ ޓޫރިސްޓަރު މަރުވެފައި އޮއްވަ ފެނިއްޖެ

ދ. ކަނޑިންމަ ރިސޯޓުގައި މޫދަށް އެރުނު ދެ ޓޫރިސްޓަކު މަރުވެފައި އޮއްވަ ފެނިއްޖެ އެވެ. ފުލުހުން ބުނީ ދ. އަތޮޅު ރިސޯޓެއްގައި މުދަށް އެރި އުޅުނު ފަތުރުވެރިޔަކު ހަބަރު ހުސްވެފައި މޫދުގައި އޮއްވާ ފެނިގެން ރ...

06 Oct 2026 | 11:40
ދ. އަތޮޅު ހޮސްޕިޓަލް --

ދ. އަތޮޅު ހޮސްޕިޓަލް --

ދ. ކަނޑިންމަ ރިސޯޓުގައި މޫދަށް އެރުނު ދެ ޓޫރިސްޓަކު މަރުވެފައި އޮއްވަ ފެނިއްޖެ އެވެ.

ފުލުހުން ބުނީ ދ. އަތޮޅު ރިސޯޓެއްގައި މުދަށް އެރި އުޅުނު ފަތުރުވެރިޔަކު ހަބަރު ހުސްވެފައި މޫދުގައި އޮއްވާ ފެނިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ. ފުލުހުންނަށް ހާދިސާ ރިޕޯޓު ކުރީ ކުޑަހުވަދޫގައި ހުންނަ ދ. އަތޮޅު ހޮސްޕިޓަލަށް އެ ދެމީހުން ގެންދަމުންނެވެ.

މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތުގައި އެ ޓޫޜިސްޓުން މަރުވެފައިވަނީ ވޯޓާ ވިލާއަކުން މޫދަށް ފައިބައިގެން އުޅެނިކޮށް ގެނބިގެންނެވެ. އެމީހުން މޫދުން ނެގި އިރުވެސް އޮތީ މަރުވެފައި ކަމަށް ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް