އަމާން އުދަރެސް ޓަވަރުތަކެއް -- ދުވަސް ފޮޓޯ
ހުޅުމާލޭ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓިއްޖެ އެވެ.
ފުލުހުން ބުނީ، ހުޅުމާލެ 2 އުދަރެސްގެ 8 ވަނަ ޓަވަރުން މީހަކު ވެއްޓިގެން އުޅޭކަމުގެ ރިޕޯޓް ލިބުމާ ގުޅިގެން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
މި ހާދިސާގައި ވެއްޓިފައިވަނީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ވެއްޓިފައިވާ ކަމަށް ބެލެވެނީ އިމާރާތުގެ 15 ވަނަ ފަންގިފިލާއިން ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
މި ހާދިސާ ފުލުހުން އަންނަނީ އިތުރަށް ބަލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް