ލައިސެންސް ނެތް ބިދޭސަީއަކު ދުއްވި ސައިކަލެއް އެކްސިޑެންޓުވެ މީހަކަށް ވަނީ އަނިޔާވެފައި --
ބޮޑުތަކުރުފާނު މަގުގައި ދެ ސައިކަލު ޖެހިގެން ރޭ ހިނގި އެކްސިޑެންޓެއްގައި ޒުވާނަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓުގެ ރިޕޯޓު ކުރީ ރޭ 10:15 ހާއިރު ކަމަށެވެ. އެކްސިޑެންޓު ހިނގީ ބޮޑުތަކުރުފާނު މަގު ލޯކަލް މާރުކޭޓު ސަރަހައްދުގައި އެވެ.
ފުލުހުން ބުނީ އަނެއް ސައިކަލުގައި ދުއްވަން އިނީ ލައިސެންސް ނެތް ބިދޭސީއެއް ކަމަށެވެ. އެއީ ބަންގްލަދޭޝް މީހެކެވެ.
ފައިވާ ކަމަށާއި އެ އެކްސިޑެންޓުގައި ދެން ހިމެނޭ ސައިކަލު ދުއްވީ ލައިސެންސް ނެތް ބިދޭސީއެއް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އެ އެކްސިޑެންޓުގައި އަނިޔާވީ 19 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނާ އައިޖީއެމްއެޗަށް ގެންދިޔަ ކަމަށާއި އެކަމަކު ސީރިއަސް އަނިޔާއެއް ވެފައި ނުވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓުގެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް