ރަޝިއާގެ ލެބޯރެޓަރީ އެސިސްޓެންޓަކު ނުރައްކާތެރި "ޕްލޭގް" ބަލި ޖެހިގެން މަރުވެއްޖެ

ރަޝިއާގެ ސައިބީރިއާގެ އިރުކުޓްސްކް ސަރަހައްދުގައި ޕްލޭގް ދިރާސާކުރާ އިންސްޓިޓިއުޓެއްގައި މަސައްކަތްކުރާ އަންހެނަކު ނިއުމޯނިކް ޕްލޭގް ޖެހިގެން ކަމަށް ޝައްކުކުރެވޭ ހާލަތެއްގައި މަރުވެއްޖެ އެވެ. މަރުވެފަ...

06 Oct 2026 | 04:21
މަރުވި ރަޝިއާގެ ލެބޯޓްރީ ޓެކްނީޝަން --

މަރުވި ރަޝިއާގެ ލެބޯޓްރީ ޓެކްނީޝަން --

ރަޝިއާގެ ސައިބީރިއާގެ އިރުކުޓްސްކް ސަރަހައްދުގައި ޕްލޭގް ދިރާސާކުރާ އިންސްޓިޓިއުޓެއްގައި މަސައްކަތްކުރާ އަންހެނަކު ނިއުމޯނިކް ޕްލޭގް ޖެހިގެން ކަމަށް ޝައްކުކުރެވޭ ހާލަތެއްގައި މަރުވެއްޖެ އެވެ.

މަރުވެފައި ވަނީ އުމުރުން 28 އަހަރުގެ ލެބޯރެޓަރީ ޓެކްނީޝަން ޑާރިޔާ ޝިޕިލޯވާ ކަމަށް އެ ސަރަހައްދުގެ މީޑިއާ ރިޕޯޓުތަކުން ބުނެފައިވެއެވެ. އެ އަންހެންމީހާ މަސައްކަތްކުރީ ސައިބީރިއާ އެންޑް ދަ ފާ އީސްޓުގެ އިރުކުޓްސްކް އެންޓި ޕްލޭގް ރީސާޗް އިންސްޓިޓިއުޓުގައެވެ.

ރިޕޯޓްތައް ބުނާގޮތުން ދާރިއާ މަރުވީ މިދިޔަ މަހުގެ 25 ވަނަ ދުވަހު ލެބޯޓްރީގައި މަސައްކަތް ކުރަމުން ދަނިކޮށް، "ޔަރްސީނިއާ ޕެސްޓިސް" ކިޔާ ޕްލޭގް ބެކްޓީރިއާ ހުރި ޓެސްޓް ޓިއުބެއް އަތުން ވެއްޓި ތެޅުނު ފަހުން ވީ ބައްޔެއްގަ އެވެ. މި ހާދިސާއަށް ދެ ދުވަސް ފަހުން އޭނާއަށް ނޭވާލާން އުނދަގޫވެ، ހާލު ދެރަވުމުގެ ސަބަބުން ވެންޓިލޭޓަރުގައި ފަރުވާ ދެނިކޮށް މަރުވީ މިމަހުގެ ދެ ވަނަ ދުވަހު އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އޭނާގެ މަރާ ގުޅިގެން ގާތްގަނޑަކަށް 200 މީހުން ވަނީ ކަރަންޓީނުކޮށްފައި އެވެ. ނަމަވެސް އޭގެން އެއްވެސް މީހެއްގެ ފަރާތުން ބަލީގެ އަލާމާތެއް ނުފެންނަ ކަމަށް ވެއެވެ.

ރަޝިއާގެ ރަސްމީ ޓާސް ނޫސް އެޖެންސީން އާދީއްތަ ދުވަހު ރިޕޯޓުކުރި ގޮތުގައި އެ މުވައްޒަފަށް ޖެހިފައި ވަނީ "ސަބަބު ދެނެނުގަނެވޭ ނިއުމޯނިއާ" ކަމަށެވެ. އެ އިދާރާއިން ބުނެފައި ވަނީ ބަލިމީހާގެ ސާމްޕަލްތައް އިތުރަށް ޓެސްޓުކޮށްފައިވާ ކަމަށާއި އޭނާގެ މަސައްކަތާ ގުޅުންހުރި އެއްވެސް ޖަރާސީމެއް ފެނިފައި ނުވާ ކަމަށެވެ.

އެމެރިކާއިން ވަނީ ރަޝިއާ އަންހެން މީހާގެ މަރުވި ހާދިސާ އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން އެގައުމުން ބަލަމުންދާ ކަމަށް ބުނެފައި އެވެ.

ނިއުމޯނިކް ޕްލޭގް ޖައްސާ ބެކްޓީރިއާ ޔާސީނިއާ ޕެސްޓިސް އާންމުކޮށް ފެންނަނީ ކުދި ޖަނަވާރުންނާއި އެ ތަކެތީގެ އުކުނުންނެވެ. ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ބުނާ ގޮތުގައި ޕްލޭގް އަކީ ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ އަވަހަކަށް ފަރުވާ ނުދެވިއްޖެ ނަމަ ފުރާނައަށް ނުރައްކާވެދާނެ ބައްޔެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް