ލ. ގަމު ރީޖަނަލް ހޮސްޕިޓަލްގައި ސީޓީ ސްކޭންގެ ހިދުމަތް ދޭން ފަށަން ތައްޔާރު ވެއްޖެ އެވެ.
ގަމު ރީޖަނަލް ހޮސްޕިޓަލުން ބުނީ އެ ހިދުމަތް ދޭން ބޭނުންވާ މެޝިން އެ ހޮސްޕިޓަލަށް ގެންގޮސް ނިމިފައިވާ ކަމަށެވެ.
އާ މެޝިންތައް އިންސްޓޯލްކުރުމަށް ފަހު މެޝިން ޓެސްޓު ކުރަން ފަށާފައިވާ ކަމަށް ބުނެ އެވެ.
އަދި މި މެޝިން ބޭނުން ކުރާނެ ގޮތުގެ ތަމްރީންތައް މުވައްޒަފުންނަށް ދެމުންދާ ކަމަށް އެ ހޮޮސްޕިޓަލުން ބުނެ އެވެ. މި މެޝިން އޮޕަރޭޓް ކުރުމުގައި ހަރަކާތްތެރިވާނީ މިހާރުވެސް އެ ހޮސްޕިޓަލްގައި މަސައްކަތް ކުރާ މުވައްޒަފުންނެވެ.
ސީޓީ ސްކޭނަކީ އާއްމުކޮށް ކުރާ ކުދި ޓެސްޓްތަކާއި ހިލާފަށް، ހަށިގަނޑުގެ ބޮޑެތި ޓެސްޓުތައް ހެދޭ ހިދުމަތެކެވެ. އެގޮތުން ލޭނާރުތަކާއި ކައްޓާއި އަދި އެހެނިގެން ގުނަވަންތަކުގެ ޒަމާނީ ޓެސްޓުތައް ކުރެވޭނެ އެވެ.
ގަމު ރީޖަނަލް ހޮސްޕިޓަލްގައި ސީޓީ ސްކޭންގެ ހިދުމަތް ފެށުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް