މޮނިޓަރިންއަށް ލީ އުތުރު ހަ ރަށް އާންމު ހާލަތަށް ގެނެސްފި

ކުޅުދުއްފުށި ސިޓީގައި ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހަކު ކޯވިޑަށް ޕޮސިޓިވްވުމުން މޮނިޓަރިންގެ ހާލަތަށް ގެނައި އުތުރުގެ ހަ ރަށް އާންމު ހާލަތަށް ގެނެސްފި އެވެ. ފުލުސް މީހާ ކޯވިޑް-19 އަށް ޕޮސިޓ...

06 Oct 2020 | 18:06

ކުޅުދުއްފުށި ސިޓީގައި ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހަކު ކޯވިޑަށް ޕޮސިޓިވްވުމުން މޮނިޓަރިންގެ ހާލަތަށް ގެނައި އުތުރުގެ ހަ ރަށް އާންމު ހާލަތަށް ގެނެސްފި އެވެ.

ފުލުސް މީހާ ކޯވިޑް-19 އަށް ޕޮސިޓިވްވެގެން މޮނިޓަރިންއަށް ލީ، ހއ. ބާރަށް، ދިއްދޫ، ހޯރަފުށި، ހދ، ކުރިނބީ، ކުޅުދުއްފުށި އަދި ށ. ފުނަދޫ އެވެ. މި ރަށްތައް ރޭ ވަގުތީގޮތުން މޮނިޓަރިންގެ ހާލަތަށް ގެނައީ އެ ފުލުސް މީހާ އެ ރަށްރަށަށް ދަތުރުކޮށްފައިވާތީ ކޮންޓެކްޓު ޓްރޭސިން ހެދުމަށެވެ.

އެޗްޕީއޭއިން މިއަދު ބުނީ އެ ހަ ރަށް މިހާރު އާންމު ހާލަތަށް ގެނެސްފައިވާ ކަމަށެވެ. އަދި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.

މި ރަށްތަކުގެ ތެރެއިން މިހާރު ކޮވިޑަށް ޕޮސިޓިވްވި މީހުން ހަތަރު ރަށެއްގައި އެބަތިއްބެވެ. އޭގެ ތެރެއިން ހއ. ހޯރަފުށީގައި ހަތަރު މީހުން، ދިއްދޫގައި އެކަކު، ކުޅުދުއްފުށީ ސިޓީގައި ހަތް މީހުން އަދި ކުރިނބީގައި ޕޮސިޓިވް އެކަކު އެބަހުއްޓެވެ.

އެ އެންމެންވެސް ތިބީ ކަރަންޓީން ކުރެވިފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް