މިއަދު ޕޮސިޓިވްވީ 54 މީހުން، 45 މީހުންނަކީ ދިވެހިން

މިއަދު ކޯވިޑް-19 އަށް ޕޮސިޓިވްވީ 54 މީހުން ކަމަށް އެޗްޕީއޭއިން ބުނެފި އެވެ. އެޗްޕީއޭއިން ބުނީ މިއަދު ހަވީރު 6:00 ގެ ނިޔަލަށް ރާއްޖެއިން ކޯވިޑަސް ޕޮސިޓިވްވީ 45 ދިވެހިންނާއި ނުވަ ބިދޭސީން ކަމަށެވެ. އޭގެ...

06 Oct 2020 | 17:54

މިއަދު ކޯވިޑް-19 އަށް ޕޮސިޓިވްވީ 54 މީހުން ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ހަވީރު 6:00 ގެ ނިޔަލަށް ރާއްޖެއިން ކޯވިޑަސް ޕޮސިޓިވްވީ 45 ދިވެހިންނާއި ނުވަ ބިދޭސީން ކަމަށެވެ. އޭގެ ތެރެއިން52 މީހުންނަކީ މާލެއިން ޕޮސިޓިވްވި މީހުންނެވެ. އަތޮޅުތެރެއިން ޕޮސިޓިވްވީ ދެ މީހުންނެވެ.

ކޯވިޑަށް ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ 1،114 މީހުންނެވެ. އޭގެ ތެރެއިން ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނީ 68 މީހަކަށެވެ.

މިހާތަނަށް ކޯވިދް ޖެހުނު މީހުންގެ ތެރެއިން ޖުމްލަ 9،466 މީހުން ވަނީ ކޯވިޑުން ރަނގަޅުވެފައި އެވެ.

މިއަދުގެ ނިޔަލަށް ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވި މީހުންގެ އަދަދު ވަނީ 10،621 އަށް އަރާފައި އެވެ. އޭގެ ތެރެއިން34 މީހުން ވަނީ މަރުވެފައި އެވެ.

https://twitter.com/HPA_MV/status/1313524024862015489

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް