ރިހާނާ މުސްލިމުން ކިބައިން މާފަށް އެދިއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ރިހާނާ، އެންމެހާ މުސްލިމުންގެ ކިބައިން މާފަށް އެދިއްޖެއެވެ. ރިހާނާ މާފަށް އެދިފައިވަނީ މީގެ ދެ ދުވަސްކުރިން އޭނާ ކުރިއަށްގެންދިޔަ ފެޝަން ޝޯއެއްގެ ބެކްގްރައުންޑް މިއުޒިކެއްގައ...

06 Oct 2020 | 14:56

މަޝްހޫރު ލަވަކިޔުންތެރިޔާ ރިހާނާ، އެންމެހާ މުސްލިމުންގެ ކިބައިން މާފަށް އެދިއްޖެއެވެ.

ރިހާނާ މާފަށް އެދިފައިވަނީ މީގެ ދެ ދުވަސްކުރިން އޭނާ ކުރިއަށްގެންދިޔަ ފެޝަން ޝޯއެއްގެ ބެކްގްރައުންޑް މިއުޒިކެއްގައި ރަސޫލާގެ ހަދީސެއް ހިމެނޭ ކަޑިއެއް ގެނެސްފައިވާތީ އެކަމާ މުސްލިމު ކޮމިއުނިޓީތަކުން އިންތިހާއަށް ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށެވެ.

ރިހާނާ އެކަމަށް މާފަށް އެދި ދޫކޮށްލާފައިވާ ނޯޓުގައި ބުނެފައިވަނީ އެއީ ހެދުނު ވަރަށް ބޮޑު ގޯހެއް ކަމަށާއި އެކަމަށް އެންމެހާ މުސްލިމުން ކުރެން މާފަށް އެދޭ ކަމަށާއި އެފަދަ ކުށެއް ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަން އަރުވާކަމަށެވެ.

ރިހާނާގެ އިތުރުން އެ މިއުޒިކް ތައްޔާރުކުރިމީހާވެސް ވަނީ އެކަމަށް މާފަށް އެދިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް